މިނިވަން މުވައްސަސާތަކުގެ ކަންތައްތަކާ ބެހޭ ކޮމިޓީގެ 13 ވަނަ ބައްދަލުވުން ބާއްވައިފި

މިއަދުގެ ހެނދުނު 11:15ން 12:42އަށް ބޭއްވުނު މިނިވަން މުވައްސަސާތަކުގެ ކަންތައްތަކާ ބެހޭ ކޮމިޓީގެ 13 ވަނަ ބައްދަލުވުމުގައި، އިލެކްޝަންސަ ކޮމިޝަންގެ މެންބަރުންގެ މައްސަލަތައް ފާހަގަކޮށް، އިލެކްޝަންސް ކޮމިޝަންގެ 46 މުއައްޒަފުން ސޮއެކުރައްވާ، ފޮނުވި ސިޓީއަކާ ބެހޭގޮތުން މަޝްވަރާކުރެވުނެވެ.

މި ބައްދަލުވުމަށް ވަޑައިގެންނެވި މެންބަރުންނަކީ ކޮމިޓީގެ މުޤައްރިރު ކުޅުދުއްފުށި ދެކުނު ދާއިރާގެ މެންބަރު މުޙަންމަދު ނަޝީދު، މަޑުއްވަރީ ދާއިރާގެ މެންބަރު ވިސާމް ޢަލީ، ތޮއްޑޫ ދާއިރާގެ މެންބަރު ޢަލީ ވަޙީދު، ބިލެތްދޫ ދާއިރާގެ މެންބަރު އަޙްމަދު ޙަމްޒާ، އިހަވަންދޫ ދާއިރާގެ މެންބަރު އަޙްމަދު ޢަބްދުﷲ، ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ޙާމިދު ޢަބްދުލްޣަފޫރު، ހަނިމާދޫ ދާއިރާގެ މެންބަރު މުޙަންމަދު މުޖުތާޒް، ކަނޑިތީމު ދާއިރާގެ މެންބަރު މުޙަންމަދު ޙުސައިން، ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް، މުލަކު ދާއިރާގެ މެންބަރު ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްއެވެ.

ދިއްދޫ ދާއިރާގެ މެންބަރު އަޙްމަދު ސަމީރު ހުންނެވީ ސަލާމުގައެވެ.

27 ޖޫން 2012