މިއަދުގެ ހެނދުނު 9:42ން 10:04އަށް ބޭއްވުނު އިޤްތިޞާދީ ކޮމިޓީގެ 13 ވަނަ ބައްދަލުވުމުގައި ފުރަތަމަ ކުރިއަށް ގެންދެވީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ބިލް އަނބުރާ ކޮމިޓިއަށް އައިސްފައިވާތީ، އެބިލް އަލުން ދިރާސާކުރައްވާ ނިންމަވާނެ ސުންގަޑިއެއް ކަނޑައެޅުއްވުމުގެ މަސައްކަތެވެ. މިގޮތުން، ނިންމެވި ސުންގަޑިއަކީ 30 އޯގަސްޓް 2012 އެވެ.
މީގެ އިތުރުން، ރަހުނުގެ ބިލް ދިރާސާކުރެއްވުމުގެ މަސައްކަތް ނިންމަވާނެ ސުންގަޑި ފަސްކުރައްވާ 30 އޯގަސްޓް 2012 އަށް ހަމަޖެއްސެވިއެވެ.
އެއަށްފަހު، ރަހުނުގެ ބިލާ ގުޅޭގޮތުން ހައުސިން މިނިސްޓްރީއާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއާއި މޯލްޑިވްސް އިސްލާމިކް ބޭންކްގެ ބޭފުޅުންނާ ބައްދަލުކުރެއްވުން 03 ޖުލައި 2012 ވާ އަންގާރަ ދުވަހުގެ 09:30 ގައި އޮންނަ ކޮމިޓީގެ ބައްދަލުވުމަށް އެޖެންޑާކުރެއްވިއެވެ.
މިއަދުގެ ބައްދަލުވުމަށް ވަޑައިގެންނެވި މެންބަރުންނަކީ، ނާއިބު މުޤައްރިރު މާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް، މާފަންނު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު، ތިނަދޫ ދާއިރާގެ މެންބަރު މުޙައްމަދު ޤަސަމް، ކިނބިދޫ ދާއިރާގެ މެންބަރު މޫސާ ޒަމީރު، މަރަދޫ ދާއިރާގެ މެންބަރު ޙަސަން ޢާދިލު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު ޙަމްދޫން އަބްދުﷲ ޙަމީދެވެ.
މިއަދު ބައްދަލުވުމަށް ވަޑައިނުގަންނަވަނީ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް، ފުނަދޫ ދާއިރާގެ މެންބަރު ޢަލީ ސަލީމް، މެދު ހެންވޭރު ދާއިރާގެ މެންބަރު ޢަލީ ޢާޒިމް އަދި މީދޫ ދާއިރާގެ މެންބަރު އަޙްމަދު ސިޔާމް މުޙަންމަދެވެ.
27 ޖޫން 2012