މާލިއްޔަތު ކޮމިޓީން 2010 ގެ އިތުރު އޮޑިޓް ރިޕޯޓްތައް ދިރާސާކުރައްވައިފި

މިއަދު ހެނދުން 9:30ން 10:30 އަށް ބޭވުނު މާލިއްޔަތު ކޮމިޓީގެ 29 ވަނަ ބައްދަލުވުމުގައި ކޮމިޓީއިން މަސައްކަތް ކުރައްވާފައިވަނީ އެޓާރނީ ޖެނެރަލްގެ އޮފީހުގެ 2010 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓާއި، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ 2010 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓާއި މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަންގެ 2010 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓް ބެއްލެވުމުގެ މަސައްކަތެވެ.

މީގެ ތެރެއިން އެޓާރނީ ޖެނެރަލްގެ އޮފީހުގެ 2010 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓްގެ މަސައްކަތް ނިންމަވާލައްވާ، ކޮމިޓީ ރިޕޯޓް އެކުލަވާލައްވާފައިވެއެވެ.

ކޮމިޓީއަށް ހާޒިރުވެވަޑައިގެންނެވީ މުޤައްރިރު ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް، ބިލަތްދޫ ދާއިރާގެ މެންބަރު އަޙްމަދު ހަމްޒާ، ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު އަބްދުލް ޣަފޫރު މޫސާ، ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު، އަލިފުށި ދާއިރާގެ މެންބަރު މުޙައްމަދު ނާޝިޒް، އޭދަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަލީމް، ވައިކަރަދޫ ދާއިރާގެ މެންބަރު އަލީ އާރިފް، ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު، އަދި ކެލާ ދާއިރާގެ މެންބަރު އަބްދުﷲ މައުސޫމްއެވެ. މިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާއާއި ހާޒިރުވެވަޑައިގެންފައިނުވާއިރު ހުޅު-މީދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ހުންނެވީ ޗުއްޓީގައެވެ.