އިޖްތިމާޢީ ކޮމިޓީގެ ސަބް ކޮމިޓީ 3 ގައި ޢާއްމު ސިއްޙަތު ރައްކާތެރިކުރުމުގެ ބިލްގެ މަސައްކަތް ކުރައްވައިފި

ރައްޔިތުންގެ މަޖިލިހުގެ އިޖްތިމާޢީ ކޮމިޓީގެ ސަބް ކޮމިޓީ 3 ގެ މިއަދުގެ ބޭއްވުނު 6 ވަނަ ބައްދަލުވުމުގައި “ޢާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ބިލު” ގެ 68 ވަނަ މާއްދާއިން ފެށިގެން 78 ވަނަ މާއްދާގެ ނިޔަލަށް ބައްލަވާ ބައެއް މާއްދާ އިޞްލާޙު ކުރައްވައިފިއެވެ.

މިއަދު ހެނދުނު 09:45 ން 10:15 އަށް ބޭއްވުނު ބައްދަލުވުމަށް ސަބް ކޮމިޓީގައި ހިމެނިވަޑައިގަންނަވާ 4 މެންބަރުން ބައިވެރިވެވަޑައިގަތެވެ.

މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންނަކީ މަހިބަދޫ ދާއިރާގެ މެންބަރު ރުޤިއްޔާ މުޙައްމަދު، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު ޙަސަން ލަޠީފް، ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ މަސީޙް އަދި ވެލިދޫ ދާއިރާގެ މެންބަރު ޢަލީ މުހައްމަދެވެ.

6 ޝައުބާން 1433

26 ޖޫން 2012