އިންޝުއަރެންސް ސިނާއަތުގެ ގަވައިދުގެ ދެލިކޮޕީގެ މަސައްކަތްކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ ގަވައިދު ކޮމިޓީގެ މިއަހަރުގެ 11 ވަނަ ބައްދަލުވުން މިއަދު 11:15 އިން 11:45 އަށް ބާއްވައިފިއެވެ.

މި ބައްދަލުވުމުގައި އިންޝިއުރެންސް ސިނާއަތުގެ ގަވައިދުގެ ދެލިކޮޕީގެ ދިރާސާކުރެއްވުމުގެ މަސައްކަތް ކުރިއަށް ގެންދެވިއެވެ. އެގޮތުން އެ ގަވައިދުގެ މާއްދާ އެކަކުން ފެށިގެން މާއްދާ 2 ކާއި ހަމައަށް ބައްލަވާފައިވެއެވެ.

މި ބައްދަލުވުމަށް ހާޒިރުވެވަޑައިގެންނެވި މެންބަރުންނަކީ މުޤައްރިރު ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު މުހައްމަދު، އިހަވަންދޫ ދާއިރާގެ މެންބަރު އަޙްމަދު އަބްދުﷲ، ދާންދޫ ދާއިރާގެ މެންބަރު މުޙައްމަދު ރިޔާޒް، ފަރެސް-މާތޮޑާ ދާއިރާގެ މެންބަރު އިބްރާޙީމް މުއްޠަލިބް، އޭދަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަލީމް، ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ރަފީޤު ހަސަން، މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ، އިސްދޫ ދާއިރާގެ މެންބަރު އަޙްމަދު ރަޝީދު އިބްރާޙީމް، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު ހަސަން ލަތީފް އަދި ދިއްދޫ ދާއިރާގެ މެންބަރު އަޙްމަދު ސަމީރެވެ.