ޤައުމީތަރައްޤީގެ ކޮމިޓީގެ ސަބް ކޮމިޓީގެ މިއަހަރުގެ ހަތްވަނަ ބައްދަލުވުން މިއަދު ބާއްވައިފި

ޤައުމީތަރައްޤީގެ ކޮމިޓީގެ މިއަހަރުގެ ހަތްވަނަ ބައްދަލުވުން މިއަދު ހެނދުނު 11:15 ން 12:06އަށް ބާއްވައިފިއެވެ.

މިބައްދަލުވުމުގައި “ދިވެހިރާއްޖޭގެ ތަޢުލީމުގެ ބިލް” އާއި ގުޅިގެން، މިނިސްޓްރީ އޮފް އެޑިއުކޭޝަންއިން ފޮނުއްވާފައިވާ ޚިޔާލާއި ލަފާގެ މައްޗަށް މަޝްވަރާކުރައްވާ ބިލު ދިރާސާކުރެއްވުމުގެ މަސައްކަތް ކުރިއަށް ގެންދެވުނެވެ.

މިކޮމިޓީއަށް ވަޑައިގެންނެވި މެންބަރުންނަކީ އިނގުރައިދޫ ދާއިރާގެ މެންބަރު ޙަމްދޫން ޢަބްދުﷲ ޙަމީދު އަދި ތުޅާދޫ ދާއިރާގެ މެންބަރު ނާޒިމް ރަޝާދުއެވެ. މި ކޮމިޓީއަށް ވަޑައިނުގަންނަވަނީ ޗުއްޓީގައި ހުންނެވި، ކޮމަންޑޫ ދާއިރާގެ މެންބަރު ޙުސެއިން ވަޙީދެވެ.

24 ރަޖަބު 1433

19 ޖޫން 2012