ރައްޔިތުންގެ މަޖިލީހުން ހެލްތް އިންޝުއަރެންސް ކަނޑައަޅަންޖެހޭ ފަރާތްތަކަށް އިންޝުއަރެންސް ލިބިދެވޭނެ ގޮތްތައް ކަނޑައެޅުމަށް ހޮއްވެވި މާލިއްޔަތު ކޮމިޓީގެ ސަބް ކޮމިޓީގެ ހަތަރުވަނަ ބައްދަލުވުން މިއަދު 13:40 ން 14:00 ށް ބާއްވައިފިއެވެ.
މިބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުން ހެލްތް އިންޝުއަރެންސް ޕްރީމިއަމް ކަނޑައަޅުއްވާފައިވާ ފަރާތްތަކަށް އާސަންދައިގެ ދަށުން ހެލްތް އިންޝުއަރެންސް ލިބިދެވިދާނެ ގޮތްތައް މާލިއްޔަތު ކޮމިޓީގެ ސަބް-ކޮމިޓީން ބައްލަވައި ދިރާސާ ކުރެއްވި ގޮތުގެ ޑްރާފްޓް ރިޕޯޓާއިމެދު މަޝްވަރާކުރެއްވިއެވެ.
މިއަދު ބޭއްވުނު މިކޮމިޓީގެ ބައްދަލުވުމަށް ވަޑައިގެންނެވި މެންބަރުންނަކީ ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް، ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ، އޭދަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމްއެވެ. އަލިފުށި ދާއިރާގެ މެންބަރު މުޙަންމަދު ނާޝިޒު އިންނެވީ މުޅި މަޖިލީހުގެ ކުޑަ ކޮމިޓީގައެވެ.
28 ރަޖަބު 1433
18 ޖޫން 2012