އިޖްތިމާޢީ ކޮމިޓީގެ ސަބް ކޮމިޓީ 3 ގެ 2 ވަނަ ބައްދަލުވުން މިއަދު ހެނދުނު 11:20 ން 12:30 ށް ބާއްވައިފިއެވެ.
މިބައްދަލުވުމުގައި “އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ބިލު” ގެ މާއްދާތައް ވަކިވަކިން ބެލުމަށްފަހު އެމާއްދާތަކަށް މެންބަރުން ގެންނަން ބޭނުންފުޅުވާ އިޞްލާޙްތައް ގެންނަވާ ގޮތައް ނިންމެވިއެވެ.
މިއަދު ބޭއްވުނު ބައްދަލުވުމަށް ވަޑައިގެންނެވި މެންބަރުންނަކީ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހާމިދު ޢަބްދުލް ޣަފޫރު، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު ޙަސަން ލަޠީފް، ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ މަސީޙް އަދި ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޝިފާޤް މުފީދުއެވެ. ވެލިދޫ ދާއިރާގެ މެންބަރު ޢަލީ މުހައްމަދު ހުންނެވީ ސަލާމުގައެވެ.
28 ރަޖަބު 1433
18 ޖޫން 2012