ސުނާމީގައި ހާލުގައި ޖެހުނު މީހުންގެ ޝަކުވާތަކާއި ގެދޮރުގެ މައްސަލަތަކަށް ހައްލެއް ހޯދައިދިނުމަށް ހޮއްވެވި ކޮމިޓީގެ 2 ވަނަ ބައްދަލުވުން ބާއްވައިފި

ސުނާމީގައި ހާލުގައި ޖެހުނު މީހުންގެ ޝަކުވާތަކާއި ގެދޮރުގެ މައްސަލަތަކަށް ހައްލެއް ހޯދައިދިނުމަށް ހޮއްވެވި ކޮމިޓީގެ 2 ވަނަ ބައްދަލުވުން މިއަދު މެންދުރުފަހު 13:05 ން 13:10 ށް ބާއްވައިފިއެވެ.

މިބައްދަލުވުމުގައި ކުރިއަށް ގެންދެވީ ކޮމިޓީއަށް ހުށަހެޅިފައިވާ މައްސަލަތަކާއި ގުޅެގޮތުން މަޝްވަރާ ކުރެއްވުމެވެ. އެގޮތުން ކޮމިޓީއިން ހައުސިންގ މިނިސްޓްރީ އަށް ފޮނުވާފައިވާ ސިޓީތަކުގެ ތެރެއިން ޖަވާބު ނުލިބިހުރި ސިޓީތަކުގެ ޖަވާބު ހޯދުމަށް ނިންމަވާ ކޮމިޓީ ނިންމަވާލެއްވިއެވެ.

ކޮމިޓީއަށް ވަޑައިގެންނެވި މެންބަރުންނަކީ ދުވާފަރު ދާއިރާގެ މެންބަރު މުޙަންމަދު ޒުބައިރު، ދާންދޫ ދާއިރާގެ މެންބަރު މުޙަންމަދު ރިޔާޒު،ފުނަދޫ ދާއިރާގެ މެންބަރު ޢަލީ ސަލީމްއެވެ.

ކޮމިޓީއަށް ވަޑައިނުގަންނަވާ މެންބަރުންނަކީ މާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް، މުލަކު ދާއިރާ މެންބަރު ޢަބްދުﷲ ޔާމީން، ވިލިފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު، ވިލިމާފަންނު ދާއިރާގެ މެންބަރު އަޙްމަދު ނިހާން ޙުސައިންމަނިކުއެވެ.

28 ރަޖަބު 1433

18 ޖޫން 2012