ސުނާމީ ކޮމިޓީގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

ސުނާމީ ކޮމިޓީގެ މިއަހަރުގެ ފުރަތަމަ ބައްދަލުވުމުގައި 2004 ޑިސެމްބަރ 26 ވަނަ ދުވަހުގެ ސުނާމީ ކާރިސާއާއި ގުޅިގެން، ވިލުފުށި ކައުންސިލްގެ އިދާރާއިން އެރަށުގައި ހުރި 309 ގެއާއި، ރައްޔިތުންގެ އިމާރާތާއި، ބިންތައް ރަޖިސްޓްރީ ކުރެވޭނެ ގޮތުގެ މަސައްކަތްކުރެވޭނެ ގޮތެއް ހޯދުމަށްޓަކައި، ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް، ކޮޅުމަޑުލު ވިލުފުށި ކައުންސިލް އިދާރާއިން ފޮނުއްވާފައިވާ ސިޓީއަކާއި ގުޅިގެން މަޝްވަރާކުރައްވައިފިއެވެ.

މިބައްދަލުވުމަށް ހާޒިރުވެވަޑައިގެންނެވި މެންބަރުންނަކީ ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު، ވިލިމާފަންނު ދާއިރާގެ މެންބަރު އަޙުމަދު ނިހާން ހަސަން މަނިކު، އަލިފުށި ދާއިރާގެ މެންބަރު މުޙަންމަދު ނާޝިޒު، ދުވާފަރު ދާއިރާގެ މެންބަރު މުޙަންމަދު ޒުބެއިރު އަދި ފުނަދޫ ދާއިރާގެ މެންބަރު އަލީ ސަލީމެވެ.

މިއަދުގެ ބައްދަލުވުން ކުރިއަށްދިޔައީ މެންދުރު 13:00 ން 13:30 ށެވެ.