11:45 ގައި މަޖިލިސް ކުރިއަށް ގެންދަވާނެކަމަށް ވިދާޅުވެ ޖަލްސާ މެދުކަނޑާލައްވައިފި

މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ ހަވަނަ ޖަލްސާގައި މޯލްޑިވްސް މީޑިއާ ކައުންސިލުގެ 2010 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓް މާލިއްޔަތު ކޮމިޓީއިން ދިރާސާކުރައްވާ ނިންމެވި ގޮތުގެ ރިޕޯޓް ހުށަހެޅުއްވުމަށް ކޮމިޓީގެ މުޤައްރިރު ޖަލްސާއަށް ވަޑައިގެންފައި ނުވުމާއެކު، މާލިއްޔަތު ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ނޮޅިވަރަމް ދާއިރާގެ މެންބަރު އަލްފާޟިލް މުޙަންމަދު ނަޝީދަށް ރިޕޯޓް ހުށަހެޅުމަށް ފުރުޞަތު ހުޅުވާލެއްވުމުން ރިޕޯޓް ގައި ނުހިމެނޭ ބައެއް ހުށަހަޅުއްވާފައި ވާތީ، މިރިޕޯޓް އަލުން ހުށަހެޅުއްވުމާމެދު މާލިއްޔަތުގެ ކޮމިޓީގެ މުޤައްރިރުގެ މަޝްވަރާއެއް ހޯއްދެވުމަށް ރިޔާސަތުން ޖަލްސާ މެދުކަނޑާލައްވައިފިއެވެ.

މިއަދުގެ ޖަލްސާ މެދުކަނޑާލައްވަމުން ރިޔާސަތު ބެލެހެއްޓުވުމަށް ޙަވާލުވެ އިންނެވި ވެލިދޫ ދާއިރާގެ މެންބަރު އަލީ މުޙައްމަދު ވިދާޅުވީ މާލިއްޔަތު ކޮމިޓީގެ މުޤައްރިރާއި މަޝްވަރާކުރެއްވުމަށްފަހު 11:45 ގައި ޖަލްސާ ފަށްޓަވާނެކަމަށެވެ.

 

22 ރަޖަބު 1433

13 ޖޫން 2012