އިޖްތިމާޢީ ކޮމިޓީގެ ސަބް-ކޮމިޓީ 3 ގެ ދެވަނަ ބައްދަލުވުން މިއަދު 11:30 ން 11:35 ބާއްވައިފިއެވެ.
މި ބައްދަލުވުމުގައި ޤާނޫނު ނަމްބަރު 94/6 (ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމުގެ ޤާނޫން) އަށް އިސްލާޙު ގެނައުމުގެ ބިލުގެ 8 ވަނަ މާއްދާއިން ފެށިގެން ބިލް ނިމެންދެން މަސައްކަތްކުރައްވާފައިވެއެވެ.
ބައްދަލުވުމަށް ހާޒިރުވެވަޑައިގެންނެވި މެންބަރުންނަކީ މާވަށު ދާއިރާގެ މެންބަރު ޢަބްދުލްޢަޒީޒް ޖަމާލް އަބޫބަކުރު އަދި ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އިބްރާހީމް މުއްޠަލިބްއެވެ.