ރައްޔިތުންގެ މަޖިލީހުގެ ޤަޢުމީ ތަރައްޤީގެ ކޮމިޓީގެ ސަބް-ކޮމިޓީގެ 6 ވަނަ ބައްދަލުވުން މިއަދު ބާއްވާފައިވަނީ 11:35 ން 12:15 އަށެވެ.
މި ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ތަޢުލީމުގެ ބިލު ޑްރާފްޓްކުރުމުގެ މަސައްކަތް ކުރިއަށްގެންދަވާފައިވެއެވެ. މިގޮތުން މި ބިލާމެދު އެޑިއުކޭޝަން މިނިސްޓްރީން ފޮނުއްވާފައިވާ ހިޔާލުފުޅާއި މަޖިލީހަށް ހުށަހެޅުނު ބިލާ އަޅާކިއުއްވުމަށްފަހު މެންބަރުންނަށް ފެނިވަޑައިގަންނަވާ ބަދަލުތައް ބިލަށް ގެންނަވާފައިވެއެވެ.
ބައްދަލުވުމަށް ހާޒިރުވެވަޑައިގެންނެވި މެންބަރުންނަކީ މުޤައްރިރު އިނގުރައިދޫ ދާއިރާގެ މެންބަރު ހަމްދޫން އަބްދުﷲ ހަމީދު އަދި ތުޅާދޫ ދާއިރާގެ މެންބަރު ނާޒިމް ރަޝާދުއެވެ. މި ބައްދަލުވުމުގައި ޤަޢުމީ ތަރައްޤީގެ ކޮމިޓީގެ މުޤައްރިރު ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަޙްމަދު އީސާވެސް ބައިވެރިވެވަޑައިގެންނެވިއެވެ.