މާލިއްޔަތު ކޮމިޓީގެ މިއަހަރުގެ 21 ވަނަ ބައްދަލުވުން ބާއްވައިފި

މާލިއްޔަތު ކޮމިޓީގެ މިއަހަރުގެ 21 ވަނަ ބައްދަލުވުން ބާއްވާފައިވަނީ މިއަދު 9:40 ގައެވެ.

މިބައްދަލުވުމުގައި އެންމެ ފުރަތަމަ މަޝްވަރާ ކުރައްވާފައިވަނީ ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަށް ސިއްޙީ ޙިދުމަތް ދިނުމުގައި އަމަލު ކުރަންވީ އުސޫލެއް އެކުލަވާލުމަށް އެދިވަޑައިގެން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއިން ފޮނުއްވާފައިވާ މައްސަލައާއި ބެހޭގޮތުންނެވެ.

މިއަދުގެ ބައްދަލުވުމުގެ ދެން އޮތް ބައި ސިއްރު ކޮމިޓީ ބައްދަލުވުމެއްގެ ގޮތުގައި ބޭއްވުމަށް މުޤައްރިރު އެއްސެވުމުން، އަޣްލަބިއްޔަތުން އެގޮތަށް ފާސްވެގެން ކުރިއަށްގެންދަވާފައިވެއެވެ.

މިއަދުގެ މާލިއްޔަތު ކޮމިޓީ ބައްދަލުވުމަށް ހާޒިރުވެވަޑައިގެންނެވި މެންބަރުންނަކީ ކޮމިޓީގެ މުޤައްރިރު ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް، ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙަންމަދު ނަޝީދު، ބިލަތްދޫ ދާއިރާގެ މެންބަރު އަޙްމަދު ޙަމްޒާ، ހުޅުމީދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް، މާފަންނު ހުޅަނގު ދާއިރާގެ މެންބަރު ޢަބްދުﷲ ޢަބްދުއްރަޙީމް، އަލިފުށީ ދާއިރާގެ މެންބަރު މުހަންމަދު ނާޝިޒް، އޭދަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަލީމް، ވައިކަރަދޫ ދާއިރާގެ މެންބަރު ޢަލީ ޢާރިފް، ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު، ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޢަބްދުލް ޣަފޫރު މޫސާ، އަދި މިލަންދޫ ދާއިރާގެ މެންބަރު ޢަލީ ރިޒާއެވެ.