ގަވައިދު ކޮމިޓީގެ މިއަހަރުގެ 8 ވަނަ ބައްދަލުވުން މިއަދު ބާއްވާފައިވަނީ 12:30 ގައެވެ.
މި ބައްދަލުވުމުގައި ހުޅުމާލެ “ޕްލޭނިންގް އަދި ޢިމާރާތްކުރުމުގެ ގަވައިދު” ދިރާސާކުރެއްވުމަށްފަހު، އެ ގަވައިދާއި “ދިވެހިރާއްޖޭގެ ބިމާ ބެހޭ ޤާނޫނު” އާއި ފުށުއެރުމެއް އުޅޭތޯ ބެލުމަށް މަޖިލީހުގެ އިދާރާގެ ލީގަލް ޓީމާއި ހަވާލުކުރައްވާފައިވެއެވެ.
އެއަށްފަހު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއިން ފޮނުއްވާފައިވާ “އިންޝިއުރެންސް އިންޑަސްޓްރީ ގަވައިދު” ބެއްލެވުމުގެ މަސައްކަތް ކުރިއަށްގެންދަވާފައިވެއެވެ.
ބައްދަލުވުމަށް ހާޒިރުވެވަޑައިގެންނެވި މެންބަރުންނަކީ މުޤައްރިރު ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު މުޙައްމަދު، މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ، އިހަވަންދޫ ދާއިރާގެ މެންބަރު އަޙްމަދު އަބްދުﷲ، ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު މުޙަންމަދު ރަފީޤު ހަސަން، އޭދަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަލީމް، ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އިބްރާހީމް މުއްޠަލިބު، ދިއްދޫ ދާއިރާގެ މެންބަރު އަޙްމަދު ސަމީރު، ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޝިފާޤް މުފީދް އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު ޙަސަން ލަޠީފްއެވެ.