ޤަޢުމީ ސަލާމަތުގެ ކޮމިޓީގެ މިއަހަރުގެ 11 ވަނަ ބައްދަލުވުން ބާއްވައިފި

ޤަޢުމީ ސަލާމަތުގެ ކޮމިޓީގެ މިއަހަރުގެ 11 ވަނަ ބައްދަލުވުން މިއަދު ބާއްވާފައިވަނީ 11:15 އިން 12:25 އަށެވެ. މި ބައްދަލުވުމުގައި 6 މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބައްދަލުވުމުގައި “ޕްރިޒަން އެންޑް ޕެރޯލް ބިލް” ދިރާސާކުރައްވާ، މެންބަރުންގެ މެދުގައި މަޝްވަރާތައް ކުރައްވާފައިވެއެވެ. އެގޮތުން އެ ބިލުގެ ހަތަރު ވަނަ ބާބުގެ 43 ވަނަ މާއްދާއިން ފެށިގެން ބާބު ނިމުމުގެ ނިޔަލަށް މިއަދުގެ ބައްދަލުވުމުގައި ބައްލަވާފައިވެއެވެ.

ކޮމިޓީގައި މިއަދު ބައިވެރިވެވަޑައިގެންނެވި މެންބަރުންނަކީ ކޮމިޓީގެ މުޤައްރިރު ގުރައިދޫ ދާއިރާގެ މެންބަރު އިބްރާޙިމް ރިޒާ، އަލިފުށި ދާއިރާގެ މެންބަރު މުޙަންމަދު ނާޝިޒް، މަޑަވެލި ދާއިރާގެ މެންބަރު މުޙައްމަދު ނާޒިމް، ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް އަދި މަނަދޫ ދާއިރާގެ މެންބަރު މުޙައްމަދު ތާރިޤް އެވެ.