މިނިވަން މުވައްސަސާތަކުގެ ކަންތައްތަކާ ބެހޭ ކޮމިޓީގެ 11 ވަނަ ބައްދަލުވުން ބާއްވައިފި

މިނިވަން މުވައްސަސާތަކުގެ ކަންތައްތަކާ ބެހޭ ކޮމިޓީގެ 11 ވަނަ ބައްދަލުވުން މިއަދު  15:00ގައި ބާއްވައިފިއެވެ.

މިބައްދަލުވުމުގައި ހެއްކާބެހޭ ބިލާމެދު ގޮތެއް ނިންމެވުމަށްޓަކައި ކުރެއްވި މަޝްވަރާގައި، ކަމާބެހޭ ފަރާތްތަކުގެ ލަފާ އިތުރަށް ހޯއްދަވައި، މަސައްކަތް ކުރިޔަތްގެންދާނެ ގޮތެއް ރޭއްވެވުމަށް ޙިޔާލު ފާޅުކުރެވުނެވެ.

މި ބައްދަލުވުމަށް ވަޑައިގެންނެވި މެންބަރުންނަކީ ކޮމިޓީގެ މުޤައްރިރު ކުޅުދުއްފުށި ދެކުނު ދާއިރާގެ މެންބަރު މުޙަންމަދު ނަޝީދު، މަޑުއްވަރީ ދާއިރާގެ މެންބަރު ވިސާމް ޢަލީ، ތޮއްޑޫ ދާއިރާގެ މެންބަރު ޢަލީ ވަޙީދު، ބިލެތްދޫ ދާއިރާގެ މެންބަރު އަޙްމަދު ޙަމްޒާ، އިހަވަންދޫ ދާއިރާގެ މެންބަރު އަޙްމަދު ޢަބްދުﷲ، ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ޙާމިދު ޢަބްދުލްޣަފޫރު، ދިއްދޫ ދާއިރާގެ މެންބަރު އަޙްމަދު ސަމީރު، ހަނިމާދޫ ދާއިރާގެ މެންބަރު މުޙަންމަދު މުޖުތާޒް، ކަނޑިތީމު ދާއިރާގެ މެންބަރު މުޙަންމަދު ޙުސައިން، ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް، މުލަކު ދާއިރާގެ މެންބަރު ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްއެވެ.