އައި.ޕީ.ޔޫއިން ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފި

05 ޖޫން 2012 ގައި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މައްޗަށް ހުށަހަޅުއްވާފައިވާ އިތުބާރުނެތްކަމުގެ މައްސަލަ ފާސްނުވުމާ ގުޅިގެން، އިންޓަރ-ޕާލިމަންޓަރީ ޔޫނިއަން (އައި.ޕީ.ޔޫ)ގެ ސެކްރެޓަރީ ޖެނެރަލް އެންޑަރސް ބީ ޖޮންސަން، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދަށް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

އައި.ޕީ.ޔޫ ގެ ސެކްރެޓަރީ ޖެނެރަލް ފޮނުއްވި މި މެސެޖުގައި އައި.ޕީ.ޔޫ އާއި ރައްޔިތުންގެ މަޖިލިސް ގުޅިގެން އިތުރު މަސައްކަތްތަކެއް ކުރައްވާނެކަމަށް އުއްމީދުކުރައްވާނެ ކަމުގައި ވިދާޅުވެފައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، އައި.ޕީ.ޔޫގެ ސެކްރެޓަރީ ޖެނެރަލްގެ މެސެޖަށް ޝުކުރު ދަންނަވާ، ކުރިއަށް އޮތް ތާނގައިވެސް ދިވެހިރާއްޖެއިން އައި.ޕީ.ޔޫގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމުގެ ޔަޤީންކަން އެރުއްވިއެވެ.