މިނިވަން މުވައްސަސާތަކުގެ ކަންތައްތަކާ ބެހޭ ކޮމިޓީގެ 10 ވަނަ ބައްދަލުވުން ބާއްވައިފި

މިނިވަން މުވައްސަސާތަކުގެ ކަންތައްތަކާ ބެހޭ ކޮމިޓީގެ 10 ވަނަ ބައްދަލުވުން މިއަދު 11:20 ގައި ބާއްވައިފިއެވެ.

މިބައްދަލުވުމުގައި 19 އޮކްޓޯބަރ 2011 އަންގާރަދުވަހު ބޭއްވެވި އެކޮމިޓީގެ 31 ވަނަ ބައްދަލުވުމުގައި، “ސިޔާސީޕާޓީތަކުގެ ބިލު” ދިރާސާކުރެއްވުމަށް އެކުލަވާލެވުނު ޕެނަލްގެ ރިޕޯޓް ދިރާސާކުރެއްވިއެވެ. މިގޮތުން އެރިޕޯޓްގެ 10 ވަނަ ނަންބަރުން ފެށިގެން 17 ވަނަ ނަންބަރުގެ ނިޔަލަށް ބައްލަވާ ނިންމެވިއެވެ.

     މި ބައްދަލުވުމަށް ވަޑައިގެންނެވި މެންބަރުންނަކީ ކުޅުދުއްފުށި ދެކުނު ދާއިރާގެ މެންބަރު މުޙަންމަދު ނަޝީދު، މަޑުއްވަރީ ދާއިރާގެ މެންބަރު ވިސާމް ޢަލީ، ތޮއްޑޫ ދާއިރާގެ މެންބަރު ޢަލީ ވަޙީދު، ބިލެތްދޫ ދާއިރާގެ މެންބަރު އަޙްމަދު ޙަމްޒާ، އިހަވަންދޫ ދާއިރާގެ މެންބަރު އަޙްމަދު ޢަބްދުﷲ، ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ޙާމިދު ޢަބްދުލްޣަފޫރު، ދިއްދޫ ދާއިރާގެ މެންބަރު އަޙްމަދު ސަމީރު، ހަނިމާދޫ ދާއިރާގެ މެންބަރު މުޙަންމަދު މުޖުތާޒް، ކަނޑިތީމު ދާއިރާގެ މެންބަރު މުޙަންމަދު ޙުސައިންއެވެ.  ކޮމިޓީއަށް ވަޑައިނުގަންނަވާ މެންބަރުންނަކީ ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް، މުލަކު ދާއިރާގެ މެންބަރު ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްއެވެ.

 

16 ރަޖަބު 1433

6 ޖޫން 2012