މާލިއްޔަތު ކޮމިޓީއަށް ލިބިފައިވާ އޮޑިޓް ރިޕޯޓްތައް ދިރާސާކުރެއްވުމަށްޓަކައި ހޮއްވެވި 3 ވަނަ ސަބް ކޮމިޓީގެ 2 ވަނަ ބައްދަލުވުން ބާއްވައިފި

މާލިއްޔަތު ކޮމިޓީއަށް ލިބިފައިވާ އޮޑިޓް ރިޕޯޓްތައް ދިރާސާކުރެއްވުމަށްޓަކައި ހޮއްވެވި 3 ވަނަ ސަބް ކޮމިޓީގެ 2 ވަނަ ބައްދަލުވުން މިއަދު 10:00 ގައި ބާއްވައިފިއެވެ.

މިބައްދަލުވުމުގައި ފުރަތަމަ އޮތީ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ މެންބަރުން ބަދަލުވެފައިވުމާއިއެކު އަލުން ކޮމިޓީގެ މުޤައްރިރަކު ހޮއްވެވުމެވެ. ކޮމިޓީގެ މުޤައްރިރެއްގެ ގޮތުގައި ހުންނަވަން ފެނިވަޑައިގަންނަވާ ބޭފުޅެއްގެ ނަންފުޅެއް ނުވަތަ ނަންފުޅުތަކެއް ހުށަހެޅުއްވުމަށް ފުރުޞަތު ހުޅުވާލުމުން ހުޅުމީދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބްގެ ނަންފުޅު ހުށަހެޅުނެވެ. މިނަންފުޅަށް ވޯޓަށް އެއްސެވުމުން ކޮމިޓީގެ އިއްތިފާގުން  ކޮމިޓީގެ މުޤައްރިރެއްގެ ގޮތުގައި ހުޅުމީދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ހުންނެވުމަށް ކޮމިޓީގެ ޢިއްތިފާޤުން ފާސްވިއެވެ.

އެއަށްފަހު ކުރިއަށްގެންދެވީ، ދިރާސާ ކުރައްވަން ހުށަހަޅާ އޮޑިޓަރ ޖެނެރަލްގެ ރިޕޯޓްތަކުގެ ތެރެއިން ދިރާސާ ކުރުމަށް އިސްކަންދޭނެ ތަރުތީބެއް ކަނޑައެޅުމެވެ. އެގޮތުން  އޯޑިޓް ރިޕޯޓްތަކުގެ ޚުލާސާ ރިޕޯޓްތައް ހެދުމަށްފަހު އެތަރުތީބުން ކުރިއަށް ގެންދިޔުމަށް ނިންމެވިއެވެ.

މިބައްދަލުވުމަށް ޙާޒިރުވެވަޑައިގެންނެވި މެންބަރުންނަކީ މި ހުޅުމީދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް، ވިލުފުށި ދާއިރާގެ މެންބަރު އަލްފާޟިލް ރިޔާޟް ރަޝީދު، އަދި މިލަންދޫ ދާއިރާގެ މެންބަރު އަލްފާޟިލް ޢަލީ ރިޒާއެވެ. އޭދަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމް ކޮމިޓީއަށް ވަޑައެއް ނުގަންނަވައެވެ.

15 ރަޖަބު 1433

5 ޖޫން 2012