މާލިއްޔަތު ކޮމިޓީއަށް ލިބިފައިވާ އޮޑިޓް ރިޕޯޓްތައް ދިރާސާކުރެއްވުމަށްޓަކައި ހޮއްވެވި 1 ވަނަ ސަބް ކޮމިޓީގެ 4 ވަނަ ބައްދަލުވުން މިއަދު ބާއްވައިފި

މާލިއްޔަތު ކޮމިޓީއަށް ލިބިފައިވާ އޮޑިޓް ރިޕޯޓްތައް ދިރާސާކުރެއްވުމަށްޓަކައި ހޮއްވެވި 1 ވަނަ ސަބް ކޮމިޓީގެ 4 ވަނަ ބައްދަލުވުން މިއަދު 11:25 ން 12:25 އަށް ބާއްވައިފިއެވެ.

މިބައްދަލުވުމުގައި ބޭންކް އޮފް މޯލްޑިވްސްގެ 2007 ވަނަ އަހަރުގެ އޯޑިޓް ރިޕޯޓާއި، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ 2008 ވަނަ އަހަރުގެ އޯޑިޓް ރިޕޯޓާއި މެދު މަޝްވަރާކުރައްވާފައިވެއެވެ.

ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންފައިވަނީ ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް، ކުޅުއްދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޢަބްދުލްޤަފޫރު މޫސާއެވެ. މި ކޮމިޓީގައި އިތުރަށް ހިމެނިވަޑައިގަންނަވާ މާފަންނު ހުޅަނގު ދާއިރާގެ މެންބަރު ޢަބްދުﷲ ޢަބްދުއްރަޙީމް ހާޒިރުވެވަޑައިގެންފައެއް ނުވެއެވެ.

 

8 ރަޖަބު 1433

29 މެއި 2012