މާލިއްޔަތު ކޮމިޓީއަށް ލިބިފައިވާ އޮޑިޓް ރިޕޯޓްތައް ދިރާސާކުރެއްވުމަށްޓަކައި ހޮއްވެވި ސަބް ކޮމިޓީގެ 3 ވަނަ ބައްދަލުވުން މިއަދު 11:25 ން 12:30 އަށް ބާއްވައިފިއެވެ.
މިބައްދަލުވުމުގައި މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ 2007 ގެ އޯޑިޓް ރިޕޯޓާއި، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ 2007 ގެ އޯޑިޓް ރިޕޯޓާއި އަދި މޯލްޑިވިއަން ސޯޝަލް ޑިމޮކްރެޓިކް ޕާޓީގެ 2007 ގެ އޯޑިޓް ރިޕޯޓާއި މެދު މަޝްވަރާކުރެއްވިއެވެ.
މިއަދު ބޭއްވުނު މާލިއްޔަތު ކޮމިޓީއަށް ލިބިފައިވާ އޮޑިޓް ރިޕޯޓްތައް ދިރާސާކުރެއްވުމަށްޓަކައި ހޮއްވެވި ސަބް ކޮމިޓީއަށް ހާޒިރުވެވަޑައިގެންނެވި މެންބަރުންނަކީ ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް، ކުޅުއްދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޢަބްދުލްޤަފޫރު މޫސާއެވެ. މާފަންނު ހުޅަނގު ދާއިރާގެ މެންބަރު ޢަބްދުﷲ ޢަބްދުއްރަޙީމް ކޮމިޓީއަށް ހާޒިރުވެވަޑައެއް ނުގަންނަވައެވެ.
8 ރަޖަބު 1433
29 މެއި 2012