މާލިއްޔަތު ކޮމިޓީގެ މަސައްކަތާއި ބެހޭ މަޢުލޫމާތު ނޫސްވެރިންނަށް ދެއްވައިފި

ރައްޔިތުންގެ މަޖިލީހުގެ 2012 ވަނަ އަހަރުގެ ފުރަތަމަ ދައުރުގައި ބޭއްވުނު މާލިއްޔަތު ކޮމިޓީ ބައްދަލުވުންތަކުގައި ކުރައްވާފައިވާ މަސައްކަތްތަކާއި، ނިންމަވާފައިވާ ނިންމެވުންތަކުގެ މަޢުލޫމާތު ދެއްވުމަށް މިއަދު 13:00 ގައި މަޖިލީހުގެ އިދާރާގައި ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައިފިއެވެ.

ނިމިގެން ދިޔަ ދައުރުގައި މާލިއްޔަތު ކޮމިޓީން ނިންމަވާފައިވާ މައްސަލަތަކުގެ މަޢުލޫމާތު ނޫސްވެރިންނަށް ހިއްސާ ކުރެއްވުމަށް ބޭއްވެވި މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންފައިވަނީ މާލިއްޔަތު ކޮމިޓީގެ މުޤައްރިރު ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް، ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޢަބްދުލް ޣަފޫރު މޫސާ، ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު، އަދި ނޮޅިވަރަމު ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދުއެވެ.

12 ޖުމާދުލްއާޚިރު 1433

3 މެއި 2012