މާލިއްޔަތު ކޮމިޓީގެ މި އަހަރުގެ 19 ވަނަ ބައްދަލުވުން ބާއްވައިފި

މާލިއްޔަތު ކޮމިޓީގެ2012 ވަނަ އަހަރުގެ 19 ވަނަ ބައްދަލުވުން ބޭއްވުނީ 30 އެޕްރީލް 2012 ވީ ހޯމަ ދުވަހު 15:05 ން 16:00 ށް އަށެވެ. މިބައްދަލުވުމުގައި ކޮމިޓީގެ 8 މެންބަރުން ބައިވެރިވެވަޑައިގަތެވެ.

މި ބައްދަލުވުމުގައި މެންބަރުންވަނީ، ދައުލަތުގެ ބަޖެޓުން 2012 ވަނަ އަހަރަށް ކުރަން ޖެހޭ ޙަރަދުތައް ކުރުމަށް ފައިސާ ހޯދުމަށް ޓްރެޜަރީ ބިލްއާއި ބޮންޑް ވިއްކުމަށް 2012 ވަނަ އަހަރަށް ކަނޑައެޅިފައިވާ 727.8 މިލިއަން ރުފިޔާގެ ލިމިޓު މިހާރު ހުސްވެފައިވާތީ، އެ ލިމިޓް 1.5 ބިލިއަން ރުފިޔާއަށް އިތުރުކޮށްދެވުމަށް އެދި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއިން ފޮނުއްވާފައިވާ ސިޓީއާއި މެދު މަޝްވަރާކުރައްވާފައެވެ.

މިއަދުގެ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންފައިވާ މެންބަރުންނަކީ ކޮމިޓީގެ މުޤައްރިރު ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް، ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޢަބްދުލް ޣަފޫރު މޫސާ، ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު، ނޮޅިވަރަމު ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު، ބިލެތްދޫ ދާއިރާގެ މެންބަރު އަޙްމަދު ހަމްޒާ އަދި މާފަންނު ހުޅަނގު ދާއިރާގެ މެންބަރު ޢަބްދުﷲ ޢަބްދުއްރަޙީމް އެވެ.

     ބައްދަލުވުމުގައި ބައިވެރިވެވަޑައިނުގަންނަވާ ބޭފުޅުންގެ ތެރެއިން ހުޅުމީދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ހުންނެވީ ސަލާމުގައެވެ. މިލަންދޫ ދާއިރާގެ މެންބަރު ޢަލީ ރިޒާ، ވައިކަރަދޫ ދާއިރާގެ މެންބަރު ޢަލީ ޢާރިފް އަދި އަލިފުށި ދާއިރާގެ މެންބަރު މުޙަންމަދު ނާޝިޒް ބައްދަލުވުމަށް ހާޒިރުވެފައެއް ނުވެއެވެ.