ގަވާއިދު ކޮމިޓީގެ ބައްދަލުވުން ކުރިއަށްގެންދަވައިފި

ގަވާއިދު ކޮމިޓީގެ 6 ވަނަ ބައްދަލުވުން މިއަދު މެންދުރު 12:30 ން 13:05 އަށް ކުރިއަށް ގެންދަވައިފިއެވެ. މިބައްދަލުވުމުގައި ކޮމިޓީގެ 9 މެންބަރުން ބައިވެރިވެވަޑައިގަތެވެ.

މިބައްދަލުވުމުގައި “ފައިނޭންސް ލީސިންގ ކުންފުނިތަކާއި ފައިނޭންސް ލީސިންގ މުޢާމަލާތްތަކާބެހޭ ގަވާއިދު” ދިރާސާކުރެއްވިއެވެ. އަދި ކޮމިޓީން ގެންނަވާފައިވާ އިޞްލާޙުތަކާއި އެކު މި ގަވާއިދު ޤާނޫނު ނަންބަރު 2008/6 (ޢާންމު ގަވާއިދުތަކާބެހޭ ޤާނޫނު) ގެ ޖަދުވަލު 1 ގައި ހިމެނުމަށް ކޮމިޓީއަށް ވަޑައިގެން ތިއްބެވި މެންބަރުންގެ އިއްތިފާޤުން ނިންމެވިއެވެ. އެއަށްފަހު ޤާނޫނު ނަންބަރު 2008/6 (ޢާންމު ގަވާއިދުތަކާބެހޭ ޤާނޫނު) ގައި ހިމެނޭ ގަވާއިދުތަކާއި ގުޅޭ ގޮތުން އެޓާރނީ ޖެނެރަލް އޮފީހުން ފޮނުވާފައިވާ ސިޓީ ބައްލަވާ މެންބަރުން މަޝްވަރާކުރެއްވިއެވެ. އަދި 2008/6 (ޢާންމު ގަވާއިދުތަކާބެހޭ ޤާނޫނު) ގެ ޖަދުވަލު 1 އަދި 2 އިން އުނިކޮށްފައިވާ ގަވާއިދުތަކުގެ ރިޕޯޓެއް ތައްޔާރުކުރުމަށް ނިންމެވިއެވެ.

މިބައްދަލުވުމަށް ވަޑައިގެންނެވި މެންބަރުންނަކީ އިސްދޫ ދާއިރާގެ މެންބަރު އަޙްމަދު ރަޝީދު އިބްރާހިމް، ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު މުޙަންމަދު ރަފީޤު ހަސަން، ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޝިފާޤް މުފީދް، ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އިބްރާހިމް މުއްޠަލިބް، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު ޙަސަން ލަޠީފް، ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު މުޙަންމަދު، އޭދަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަލީމް، ދިއްދޫ ދާއިރާގެ މެންބަރު އަޙްމަދު ސަމީރު އަދި ދާންދޫ ދާއިރާގެ މެންބަރު މުޙަންމަދު ރިޔާޒް އެވެ. ހާޒިރުވެވަޑައިނުގަންނަވާ މެންބަރުންނަކީ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ އަދި އިހަވަންދޫ ދާއިރާގެ މެންބަރު އަޙްމަދު އަބްދުﷲ އެވެ.

9 ޖުމާދަލްއާޚިރު 1433

30 އޭޕްރިލް 2012