ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑަށް ޢަމަލުކުރުމުގެ ގަވާއިދު، ޤާނޫނު ނަންބަރު 6/2008 (ޢާންމު ގަވާއިދުތަކާބެހޭ ޤާނޫނު) ގެ ޖަދުވަލު 1 ގައި ހިމެނުމާބެހޭ ގޮތުން ގަވާއިދު ކޮމިޓީން ދިރާސާކުރައްވައި މައްސަލަ ނިންމި ގޮތުގެ ރިޕޯޓް މަޖިލީހަށް ހުށަހަޅުއްވާ، އެ ރިޕޯޓުގެ މައްޗައް ބަހުސް ކުރިއަށް ދަނިކޮށް ވަގުތު ހަމަވެގެން މިއަދުގެ ޖަލްސާ ނިންމަވާލައްވައިފިއެވެ.
މި ރިޕޯޓް މަޖިލީހަށް ހުށަހެޅުއްވީ ގަވައިދު ކޮމިޓީގެ މުޤައްރިރު ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު މުޙަންމަދުއެވެ. ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑަށް ޢަމަލުކުރުމުގެ ގަވާއިދަކީ ދިވެހިރާއްޖޭގައި މަތީ ތަޢުލީމުގެ ފެންވަރު ރެގިއުލޭޓްކޮށް ކަނޑައެޅިފައިވާ މިންވަރެއްގައި ހިފެހެއްޓުމަށްތަކައި އަޅަން ޖެހޭ ފިޔަވަޅުތަކާއި ބެހޭ ގަވައިދެކެވެ.
މިއަދުގެ ޖަލްސާ ނިންމަވާލެއްވުމުގެ ކުރިން ގަވައިދު ކޮމިޓީން ހުށަހެޅި މި ގަވައިދާ ބެހޭ ރިޕޯޓަށް 5 މެންބަރުން ވާހަކަފުޅު ދައްކަވާފައިވެއެވެ.