ރައްޔިތުންގެ މަޖިލީހުން ހެލްތް އިންޝުއަރެންސް ކަނޑައަޅަންޖެހޭ ފަރާތްތަކަށް އިންޝުއަރެންސް ލިބިދެވޭނެ ގޮތްތައް ކަނޑައެޅުމަށް ހޮއްވެވި މާލިއްޔަތު ކޮމިޓީގެ ސަބް ކޮމިޓީގެ ބައްދަލުވުމެއް ބާއްވައިފި

ައްޔިތުންގެ މަޖިލީހުން ހެލްތް އިންޝުއަރެންސް ކަނޑައަޅަންޖެހޭ ފަރާތްތަކަށް އިންޝުއަރެންސް ލިބިދެވޭނެ ގޮތްތައް ކަނޑައެޅުމަށް ހޮއްވެވި މާލިއްޔަތު ކޮމިޓީގެ ސަބް ކޮމިޓީގެ 03 ވަނަ ބައްދަލުވުން މިއަދު ހެނދުނު 11:15 ން 11:40ށް ބާއްވައިފިއެވެ. މިބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުން ހެލްތް އިންޝުއަރެންސް ޕްރިމިއަމް ކަނޑައަޅުއްވާފައިވާ ފަރާތްތަކަށް އާސަންދައިގެ ދަށުން ހެލްތް އިންޝުއަރެންސް ލިބިދެވިދާނެ ގޮތްތައް މާލިއްޔަތު ކޮމިޓީގެ ސަބް-ކޮމިޓީން ބައްލަވައި ދިރާސާ ކުރެއްވި ގޮތުގެ ޑްރާފްޓް ރިޕޯޓާއިމެދު މަޝްވަރާކުރެއްވިއެވެ. މިބައްދަލުވުމަށް ހާޒިރުވެވަޑައިގެންނެވި މެންބަރުންނަކީ ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް، އަލިފުށި ދާއިރާގެ މެންބަރު މުޙަންމަދު ނާޝިޒު، ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ އަދި އޭދަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމް އެވެ.

8 ޖުމާދަލްއާޚިރު 1433

29 އޭޕްރިލް 2012