މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ މިދައުރުގެ 13 ވަނަ ޖަލްސާގައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 116 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތީން، ސަރުކާރުގެ އޮފީސްތަކުގެ އޮނިގަނޑު ހަމަޖައްސަވާފައިވާގޮތަށް ބަދަލުގެންނެވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީ ރިޕޯޓް މަޖިލީހަށް ހުށަހެޅުއްވި ގޮތަށް ފާސްކުރައްވައިފިއެވެ. މިގޮތަށް ފާސްވީ އެވަގުތު ޖަލްސާއަށް ޙާޒިރުވެ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 43 މެންބަރުންގެ ޢިއްތިފާޤުން ފާސްކުރައްވައިފިއެވެ. މި ވޯޓުގައި 1 މެންބަރަކު ވަކިފަރާތަށް ވޯޓުދެއްވާފެއެއް ނުވެއެވެ.
މިމައްސަލަ ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ފޮނުއްވެވީ، 3 އޭޕްރީލް 2012 ގައި އޮތް ރައްޔިތުންގެ މަޖިލީހުގެ 2012 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 3 ވަނަ ޖަލްސާގައެވެ. އަދި މިއަދުގެ ޖަލްސާގައި މިމައްސަލައިގެ ރިޕޯޓް ހުށަހެޅުއްވުމަށް ބަހުސްކުރެއްވުމަށް ހުޅުވާލެއްވި ފުރުޞަތުގައި 4 މެންބަރުން ވާހަކަދައްކަވާފައިވެއެވެ.
4 ޖުމާދަލްއާޚިރު 1433
25 އޭޕްރިލް 2012