އިޒްރޭލުގެ ޤައުމީ އެއަރލައިންގެ ފްލައިޓްތައް ރާއްޖެ ދަތުރުތައް ފެށުމުގެ ހުއްދަ ދެއްވުމަށް ސަރުކާރުން ނިންމަވާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައާއި، ޅ. އަތޮޅު ދިއްފުށިމާދޫގައި ކުރިއަށްގެންދާ ޕްރޮޖެކްޓާމެދު އިޒްރޭލުގެ މިލިޓަރީ ޕޯސްޓެއް ޤާއިމްކުރުމަށް ސަރުކާރުން މަސައްކަތްތަކެއްކުރައްވާ ކަމުގެ ތުހުމަތުތަކާއި، ދިވެހިރާއްޖޭގެ ބިން އިޒްރޭލުގެ މީހުންނަށް ދަނޑުވެރިކަން ކުރުމަށް ސަރުކާރުން ދެއްވުމަށް ނިންމަވާފައިވާ ކަމަށް ތުހުމަތުކޮށް، އެ މައްސަލަތައް ބައްލަވައިދެއްވުމަށް އެދިވަޑައިގެން އަދާލަތު ޕާޓީގެ ނައިބު ރައީސް ހުށަހަޅުއްވާފައިވާ މައްސަލައާ ގުޅޭގޮތުން ޤައުމީ ސަލާމަތުގެ ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތުގެ ރިޕޯޓް ހުށަހަޅުއްވައި ބަހުސް ކުރިއަށް ގެންދަވައިފި

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ މިއަހަރު މިދައުރުގެ 12 ވަނަ ޖަލްސާގައި، އިޒްރޭލުގެ ޤައުމީ އެއަރލައިންގެ ފްލައިޓްތައް ރާއްޖެ ދަތުރުތައް ފެށުމުގެ ހުއްދަ ދެއްވުމަށް ސަރުކާރުން ނިންމަވާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައާއި، ޅ. އަތޮޅު ދިއްފުށިމާދޫގައި ކުރިއަށްގެންދާ ޕްރޮޖެކްޓާމެދު އިޒްރޭލުގެ މިލިޓަރީ ޕޯސްޓެއް ޤާއިމްކުރުމަށް ސަރުކާރުން މަސައްކަތްތަކެއްކުރައްވާ ކަމުގެ ތުހުމަތުތަކާއި، ދިވެހިރާއްޖޭގެ ބިން އިޒްރޭލުގެ މީހުންނަށް ދަނޑުވެރިކަން ކުރުމަށް ސަރުކާރުން ދެއްވުމަށް ނިންމަވާފައިވާ ކަމަށް ތުހުމަތުކޮށް، އެ މައްސަލަތައް ބައްލަވައިދެއްވުމަށް އެދިވަޑައިގެން އަދާލަތު ޕާޓީގެ ނައިބު ރައީސް ޑރ. މަޢުރޫފް ޙުސައިން ހުށަހަޅުއްވާފައިވާ މައްސަލައާ ގުޅޭގޮތުން ހުށަހަޅުއްވާފައިވާ މައްސަލައާ ގުޅޭގޮތުން ޤައުމީ ސަލާމަތުގެ ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތުގެ ރިޕޯޓް ކޮމިޓީގެ މުޤައްރިރު ހުށަހަހުށަހަޅުއްވައި ދެއްވައި ނިމުމުން، ރިޕޯޓަށް ބަހުސް ކުރެއްވުމަށް ހުޅުވާލެއްވި ފުރުޞަތުގައި  15 މެންބަރުން ވާހަކަދައްކަވާފައިވެއެވެ.

މިއަދުގެ ޖަލްސާގައި މިމައްސަލައާ ގުޅޭގޮތުން ޤައުމީ ސަލާމަތުގެ ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތުގެ ރިޕޯޓަށް ބަހުސް ކުރަށްވަމުން ގެންދަވަނިކޮށް، ކޯރަމް ގެއްލުމުގެ ސަބަބުން މަޖިލީހުގެ ގަވައިދުގެ 37 ވަނަ މާއްދާގެ (ނ) ގެ ދަށުން 14:56 ގައި ރިޔާސަތުންވަނީ ޖަލްސާ ނިންމަވާލައްވާފައެވެ.

3 ޖުމާދަލްއާޚިރު 1433

24 އޭޕްރިލް 2012