ޕެޓިޝަން ކޮމިޓީގެ ބައްދަލުވުމެއް މިއަދު ބާއްވައިފި އެވެ. މިއަދު މެންދުރުފަހު 14:40 ން 14:55 ށް ބޭއްވުނު މި ކޮމިޓީގައި މަޝްވަރާކުރެވުނީ އަމިއްލަ ފަރާތަކުން ހުށަހަޅުއްވާފައިވާ ޕެޓިޝަނަކާ ގުޅޭގޮތުންނެވެ.
މިބައްދަލުވުމަށް ހާޒިރުވެވަޑައިގެންނެވި މެންބަރުންނަކީ ކޮމިޓީގެ މުޤައްރިރު ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙަންމަދު ނަޝީދު، އިސްދޫ ދާއިރާގެ މެންބަރު އަޙްމަދު ރަޝީދު އިބްރާހީމް، ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު މުޙަންމަދު ރަފީޤް ޙަސަން، ހިތަދޫ މެދު ދާއިރާގެ މެންބަރު މުޙަންމަދު ރަޝީދު، ފެލިދޫ ދާއިރާގެ މެންބަރު ޔޫސުފް ނައީމް، ހޯރަފުށި ދާއިރާގެ މެންބަރު އަޙްމަދު ރަޝީދު އަދި ކުރެންދޫ ދާއިރާގެ މެންބަރު އަޙްމަދު މޫސާ އެވެ.
ހާޒިރުވެވަޑައިނުގަންނަވާ މެންބަރަކީ މާފަންނު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު އެވެ. ވިލިނގިލި ދާއިރާގެ މެންބަރު މުޙަންމަދު ރާމިޒް ހުންނެވީ ޗުއްޓީގައެވެ. ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ ހުންނެވީ ސަލާމްގައެވެ.
2 ޖުމާދަލްއާޚިރު 1433
23 އޭޕްރިލް 2012