ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ 4 ވަނަ ބައްދަލުވުން މިއަދު ބާއްވައިފި

މިއަދު މެންދުރުފަހު 14:00 ގައި ބޭއްވުނު މިކޮމިޓީގެ 4 ވަނަ ބައްދަލުވުމުގައި މަޑުއްވަރި ދާއިރާގެ މެންބަރު ވިސާމް ޢަލީ ހުށަހަޅުއްވާފައިވާ ޑިޕާޓްމެންޓް އޮފް ޕެނިޓެންޝަރީ އެންޑް ރިހެބިލިޓޭޝަން ސަރވިސަސްގައި ހުރިކަމަށް ފާހަގަކުރެވޭ މައްސަލައާ ގުޅޭގޮތުން، ޑީ.ޕީ.އާރު.އެސްގެ އިސްވެރިންނާ ބައްދަލުކުރައްވައި މަޢުލޫމާތު ސާފުކުރެއްވިއެވެ.

މިބައްދަލުވުމަށް ހާޟިރުވެވަޑައިގެންނެވި މެންބަރުންނަކީ ހަނިމާދޫ ދާއިރާގެ މެންބަރު މުޙައްމަދު މުޖްތާޒް، މަޑަވެލި ދާއިރާގެ މެންބަރު މުޙައްމަދު ނާޒިމް،  ކުރެންދޫ ދާއިރާގެ މެންބަރު އަޙްމަދު މޫސާ، ފޮނަދޫ ދާއިރާގެ މެންބަރު ޢަބްދުއްރަޙީމް ޢަބްދުﷲ، ފުނަދޫ ދާއިރާގެ މެންބަރު ޢަލީ ސަލީމްއެވެ.

މިބައްދަލުވުމަށް ހާޟިރުވެވަޑައިނުގަންނަވާ މެންބަރުންނަކީ ވިލިފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު، ގެމަނަފުށި ދާއިރާގެ މެންބަރު އިލްޙާމް އަޙްމަދު، މެދުހެންވޭރު ދާއިރާގެ މެންބަރު ޢަލީ އާޒިމް، މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު، މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު މާރިޔާ އަޙްމަދު ދީދީ، ފޭދޫ ދާއިރާގެ މެންބަރު އަލްހާން ފަހުމީއެވެ.

2 ޖުމާދަލްއާޚިރު 1433

23 އޭޕްރިލް 2012