ިމިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ 8 ވަނަ ބައްދަލުވުން ބާއްވައިފި

މިއަދު ހެނދުނު 11:20 ގައި ބޭއްވުނު މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގައި ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލެއްވި ފަރާތްތަކުގެ ނަންފުޅުތައް ކޮމިޓީން ދިރާސާކޮށް ނިންމެވިގޮތުގެ ރިޕޯޓާ ބެހޭގޮތުން މަޝްވަރާކުރެއްވިއެވެ.

މިބައްދަލުވުމަށް ހާޟިރުވެވަޑައިގެންނެވި މެންބަރުންނަކީ އިހަވަންދޫ ދާއިރާގެ މެންބަރު އަޙްމަދު ޢަބްދުﷲ، ހަނިމާދޫ ދާއިރާގެ މެންބަރު މުޙަންމަދު މުޖުތާޒް، ބިލެތްދޫ ދާއިރާގެ މެންބަރު އަޙްމަދު ޙަމްޒާ، ކުޅުދުއްފުށި ދެކުނު ދާއިރާގެ މެންބަރު މުޙަންމަދު ނަޝީދު، މުލަކު ދައިރާގެ މެންބަރު އަބުދުﷲ ޔާމީން، ކަނޑިތީމު ދާއިރާގެ މެންބަރު މުޙަންމަދު ޙުސައިން، ތޮއްޑޫ ދާއިރާގެ މެންބަރު ޢަލީ ވަޙީދު އަދި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހާމިދު ޢަބްދުލްޣަފޫރުއެވެ.

 މިބައްދަލުވުމަށް ހާޟިރުވެވަޑައިނުގަންނަވާ މެންބަރުންނަކީ މަޑުއްވަރި ދާއިރާގެ މެންބަރު ވިސާމް ޢަލީ، ދިއްދޫ ދާއިރާގެ މެންބަރު އަޙްމަދު ސަމީރު، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު ޙަސަން ލަޠީފްއެވެ.

2 ޖުމާދަލްއާޚިރު 1433

23 އޭޕްރިލް 2012