އިޖްތިމާޢީ ކޮމިޓީގެ 3 ވަނަ ބައްދަލުވުން މިއަދު ބާއްވައިފި

އިޖްތިމާޢީ ކޮމިޓީގެ 2012 ވަނަ އަހަރުގެ 3 ވަނަ ބައްދަލުވުން މިއަދު ހެނދުނު 11:15 ން 11:35 ށް ކުރިއަށްގެންދަވާފައިވެ އެވެ.

މި ބައްދަލުވުމުގައި އިޖްތިމާޢީ ކޮމިޓީއަށް ފޮނުއްވާފައިވާ މައްސަލަތައް ދިރާސާ ކުރައްވާ ނިންމެވުމަށް ކަނޑައަޅުއްވާފައިވާ ސަބް-ކޮމިޓީތަކުގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ބައްލަވާ، ކޮމިޓީއަށް ހުށަހެޅިފައިހުރި މަސައްކަތްތައް ނިންމެވުމުގެ ސުންގަނޑިތައް ކަނޑައަޅުއްވާފައިވެއެވެ.

މިބައްދަލުވުމަށް ހާޟިރުވެވަޑައިގެންނެވި މެންބަރުންނަކީ ކޮމިޓީގެ މުޤައްރިރު ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ މަޞީޙް މުހައްމަދު، ވެލިދޫ ދާއިރާގެ މެންބަރު ޢަލީ މުހައްމަދު، ގަމު ދާއިރާގެ މެންބަރު ޔޫސުފް ޢަބްދުލް ޣަފޫރު، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު ޙަސަން ލަޠީފް، މާވަށު ދާއިރާގެ މެންބަރު ޢަބްދުލްޢަޒީޒް ޖަމާލް އަބޫބަކުރު، މަނަދޫ ދާއިރާގެ މެންބަރު މުޙައްމަދު ޠާރިޤް، ހޯރަފުށި ދާއިރާގެ މެންބަރު އަޙްމަދު ރަޝީދު އިބްރާޙީމް އަދި މަހިބަދޫ ދާއިރާގެ މެންބަރު ރުޤިއްޔާ މުޙައްމަދުއެވެ.