ކާށިދޫ ދާއިރާގެ ގޮނޑިއަށް އިންތިޚާބްވެވަޑައިގެންނެވި ހ.ތިމާވެށި ޢަބްދުﷲ ޖާބިރު ރައްޔިތުންގެ މަޖިލީހުގެ މެންބަރު ކަމުގެ ހުވައި ކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ ގޮނޑި ހުސްވުމާއި ގުޅިގެން 14 އޭޕްރިލް 2012 ވީ ހޮނިހިރު ދުވަހު ކާށިދޫ ދާއިރާގެ ގޮނޑިއަށް މެންބަރަކު އިންތިޚާބު ކުރުމަށްޓަކައި ބޭއްވުނު ބައި-އިލެކްޝަންގައި އިންތިޚާބުވެވަޑައިގެންނެވި ހ.ތިމާވެށި ޢަބްދުﷲ ޖާބިރު މަޖިލީހުގެ މެންބަރު ކަމުގެ ހުވައިކުރެއްވުމުގެ ރަސްމިއްޔާތު މިއަދު 19 އޭޕްރިލް 2012 ވީ ބުދަ ދުވަހުގެ ހަވީރު 05:00 ގައި ރައްޔިތުންގެ މަޖިލީހުގެ ގޭގައި ބާއްވައިފިއެވެ. ހުވައިލައިދެއްވީ  ސްޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ޢަރީފް އެވެ.

މި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދު އާއި މަޖިލީހުގެ ނައިބު ރައީސް އަލްފާޟިލް އަޙުމަދު ނާޒިމްއާއި މަޖިލީހުގެ އަމީން ޢާންމު އަލްއުސްތާޛް އަޙްމަދު މުޙައްމަދު ބައިވެރިވެވަޑައިގަތެވެ.

27 ޖުމާދަލްއޫލާ 1433

19 އޭޕްރިލް 2012