2012 ވަނަ އަހަރު މަސްވެރިންނަށް ސަބްސިޑީގެ ގޮތުގައި ދިނުމަށް 2012 ވަނަ އަހަރުގެ ބަޖެޓްގައި ކަނޑައަޅާފައިވާ 100 މިލިއަން ރުފިޔާ މަސްވެރިންނަށް ފޯރުކޮށްދިނުމަށް މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ އިން ހުށަހަޅާފައިވާ ކަރުދާސް ދިރާސާކުރެއްވުމަށް ހޮއްވެވި މާލިއްޔަތު ކޮމިޓީގެ ސަބް ކޮމިޓީގެ 02 ވަނަ ބައްދަލުވުން މިއަދު ބާއްވައިފި

2012 ވަނަ އަހަރު މަސްވެރިންނަށް ސަބްސިޑީގެ ގޮތުގައި ދިނުމަށް 2012 ވަނަ އަހަރުގެ ބަޖެޓްގައި ކަނޑައަޅާފައިވާ 100 މިލިއަން ރުފިޔާ މަސްވެރިންނަށް ފޯރުކޮށްދިނުމަށް މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ އިން ހުށަހަޅާފައިވާ ކަރުދާސް ދިރާސާކުރެއްވުމަށް ހޮއްވެވި މާލިއްޔަތު ކޮމިޓީގެ ސަބް ކޮމިޓީގެ 02 ވަނަ ބައްދަލުވުން މިއަދު  މިއަދު 14:16 އިން 14:40 އަށް ކުރިއަށް ގެންދަވައިފިއެވެ.

މިގޮތުން، މިކޮމިޓީގެ ބައްދަލުވުމުގައި، މަސްވެރިކަންކުރާ އުޅަނދުފަހަރު ތެލުންކުރާ ޚަރަދު ސަބްސިޑައިޒް ކުރުމުގެ ގޮތުން މަސްވެރިކަންކުރާ އުޅަނދުފަހަރު ހޯސްޕަވަރު ބަލައި ގިންތި ތަކަކަށް ބަހާލައިގެން ކުރިއަށް ގެންދާނެ ގޮތަކާއި ބެހޭގޮތުން ފިޝަރީޒް މިނިސްޓްރީއާ މަޝްވަރާކުރެއްވުމަށްފަހު ކޮމިޓީނިންމަވާލެއްވީ، ސަބްސިޑީ ދެވޭނެ އުޞޫލު އަލުން މިނިސްޓްރީއިން ރިވައިޒް ކުރެއްވުމަށްފަހު ކޮމިޓީއަށް ފޮނުއްވުމުން ކޮމިޓީގެ ބައްދަލުވުން ބާއްވާނެކަމަށް ވިދާޅުވަމުންނެވެ.

މިކޮމިޓީއަށް ވަޑައިގެންނެވި މެންބަރުންނަކީ ކޮމިޓީގެ މުޤައްރިރު ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް، ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު، ވައިކަރަދޫ ދާއިރާގެ މެންބަރު ޢަލީ ޢާރިފް އަދި ބިލެތްދޫ ދާއިރާގެ މެންބަރު އަޙްމަދު ޙަމްޒާ އެވެ.

އަލިފުށި ދާއިރާގެ މެންބަރު މުޙަންމަދު ނާޝިޒް އަށް ވަޑައިނުގެންނެވުނީ ޗުއްޓީގައި ހުންނެވުމުންނެވެ.

27 ޖުމާދަލްއޫލާ 1433

19 އޭޕްރިލް 2012