ޤައުމީތަރައްޤީގެ ކޮމިޓީގެ 1 ވަނަ ބައްދަލުވުން މިއަދު ހެނދުނު 11:20 ން 12:10 ށް ބާއްވައިފިއެވެ.
މިގޮތުން މިބައްދަލުވުމުގައި ބިލުތަކާއި މައްސަލަތަކުގެ މަސައްކަތް ކުރިއަށް ގެންދާނެ ގޮތަކާއި ގުޅޭގޮތުން މަޝްވަރާ ކުރެއްވުމާއި ސުންގަޑި ކަނޑައެޅުއްވުން ކުރިއަށްގެންދަވާފައިވެއެވެ. އަދި ބިލުތަކުގެ މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި ސަބް ކޮމިޓީ ތަކެއް އެކުލަވާލުމުގެ މަސައްކަތްވެސް ކުރިއަށް ގެންދެވުނެވެ.
މިކޮމިޓީއަށް ވަޑައިގެންނެވި މެންބަރުންނަކީ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަޙްމަދު ޢީސާ، އިނގުރައިދޫ ދާއިރާގެ މެންބަރު ޙަމްދޫން ޢަބްދުﷲ ޙަމީދު، ތިނަދޫ ދާއިރާގެ މެންބަރު މުޙަންމަދު ޤަސަމް، ކުޑަހުވަދޫ ދާއިރާގެ މެންބަރު އަޙްމަދު ޢާމިރު، ކޮމަންޑޫ ދާއިރާގެ މެންބަރު ޙުސައިން ވަޙީދު، ތުޅާދޫ ދާއިރާގެ މެންބަރު ނާޒިމް ރަޝާދުއެވެ.
ކޮމިޓީއަށް ވަޑައިނުގަންނަވާ މެންބަރުންނަކީ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ ޢާޒިމް، ވިލިމާފަންނު ދާއިރާގެ މެންބަރު އަޙްމަދު ނިހާން ހުސެން މަނިކު، މިލަންދޫ ދާއިރާގެ މެންބަރު ޢަލީ ރިޒާ، ވިލިނގިލި ދާއިރާގެ މެންބަރު މުޙަންމަދު ރާމިޒްއެވެ.
24 ޖުމާދަލްއޫލާ 1433
16 އޭޕްރިލް 2012