ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 25 ވަނަ މާއްދާގައިވާ ގޮތުގެމަތިން ރިޔާސީ ބަޔާނަށް ޖަވާބު ދިނުމުގެ މައްސަލަ، ޢާންމު ކޮމިޓީން ދިރާސާކުރައްވައި ވަކި ގޮތެއް އަންގަވަންދެން ރައްޔިތުން މަޖިލީހުގެ ގަވާއިދުގެ 25 ވަނަ މާއްދާއަށް ޢަމަލުނުކުރުމަށް އެއްވެސް ޢިއްޒަތްތެރި މެންބަރަކު އިޢުތިރާޟުކުރައްވާފައިނުވާތީ އެގޮތަށް ރިޔާސަތުން ނިންމަވައިފި

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ 8 ވަނަ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 25 ވަނަ މާއްދާގައިވާ ގޮތުގެމަތިން ރިޔާސީ ބަޔާނަށް ޖަވާބު ދިނުމުގެ މައްސަލަ، ޢާންމު ކޮމިޓީން ދިރާސާކުރައްވައި ވަކި ގޮތެއް އަންގަވަންދެން ރައްޔިތުން މަޖިލީހުގެ ގަވާއިދުގެ 25 ވަނަ މާއްދާއަށް ޢަމަލުނުކުރުމަށް އެއްވެސް ޢިއްޒަތްތެރި މެންބަރަކު އިޢުތިރާޟުކުރައްވާފައިނުވާތީ އެގޮތަށް ރިޔާސަތުން ނިންމަވައިފިއެވެ.

މިގޮތުށް ނިންމަވާފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ ކައުންސެލް ޖެނެރަލް މަޖިލީހުގެ ރައީސަށް ދެއްވި ޤާނޫނީ ލަފާގެ މައްޗަށް ބިނާކޮށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 25 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، މިއަދު 16 އޭޕްރީލް 2012 ގައި ބާއްވާ ޖަލްސާއަށް އެމް.ޑީ.ޕީގެ ފަރާތުން ރިޔާސީ ބަޔާނަށް ޖަވާބު ދެއްވުމަށް އެމް.ޑީ.ޕީގެ ޕާލިމަންޓްރީ ގުރޫޕުގެ ލީޑަރަށް ލިޔުމުން މަޖިލީހުގެ ރައީސް އެންގެވުމުން 15 އޭޕްރީލް 2012 ގެ ތާރީޚުގައި އެމް.ޑީ.ޕީގެ ޕާލިމަންޓް ގްރޫޕްގެ ލީޑަރު މަޖިލީހުގެ ރައީސަށް ފޮނުއްވެވި ސިޓީއަކުން މިއަހަރުގެ ރިޔާސީ ބަޔާނަކީ އެމް.ޑީ.ޕީގެ ޕާލިމެންޓްރީ ގުރޫޕުން ޖަވާބު ދޭންޖެހޭ ރިޔާސީ ބަޔާނެއް ކަމުގައި ދެކެވަޑައިނުގަންނަވާކަމަށް އަންގަވާފައިވުމުން، މަޖިލީހުގެ ގަވާއިދުގެ 25 ވަނަ މާއްދާގެ ދަށުން ލިބިދީފައިވާ ފުރުޞަތު، އެ ފުރުޞަތު ލިބޭފަރާތުން ބޭނުން ނުހިއްޕެވި ކަމަށް މަޖިލީހުގެ ރައީސް ނިންމަވައި، މަޖިލީހުގެ ގަވާއިދުގެ 25 ވަނަ މާއްދާ މިހާރު އޮތްގޮތަށް ބަލާއިރު މަޖިލީހުގައި ރައީސުލްޖުމްހޫރިއްޔާ ނިސްބަތްވާ ޕާޓީގެ އެއްވެސް މެންބަރަކު ނެތުމާއި، މަޖިލީހުގެ ގަވާއިދުގެ 25 ވަނަ މާއްދާގެ (ނ) ގައި ވަނީ ޖަވާބު ތައްޔާރުކުރުމުގައި ރައީސުލްޖުމްހޫރިއްޔާ ނިސްބަތްވާ ޕާޓީ ފިޔަވައި އެހެން ހުރިހާ ޕާޓީއެއްގެ ބައިވެރިވުން އޮންނަން ޖެހޭނެ ކަމަށް ޢާންމު ކޮމިޓީން ދިރާސާކުރައްވައި އަންގަވަންދެން، އެމުއްދަތަށް ޢަމަލުނުކުރެއްވުމަށް އެއްވެސް ޢިއްޒަތްތެރި މެންބަރަކު އިޢުތިރާޒު ކުރައްވާފައިނުވާތީއެވެ.

24 ޖުމާދަލްއޫލާ 1433

16 އޭޕްރިލް 2012