މާލިއްޔަތު ކޮމިޓީގެ ސަބް-ކޮމިޓީ ބައްދަލުވުމެއް ބާއްވައިފި

މާލިއްޔަތު ކޮމިޓީގެ ސަބް-ކޮމިޓީ ބައްދަލުވުމެއް މިއަދު ހެނދުނު 09:30 ން 10:30 ށް ކުރިއަށްގެންދަވާފައިވެ އެވެ. މިއީ، 2010 ވަނަ އަހަރުގެ ބައެއް އޮޑިޓް ރިޕޯޓްތައް ދިރާސާކުރެއްވުމުގެ ގޮތުން މާލިއްޔަތު ކޮމިޓީން ޢައްޔަނުކުރައްވާފައިވާ ތިން މެންބަރުންގެ ސަބް-ކޮމިޓީއެކެވެ.

ސަބް-ކޮމިޓީގެ މިއަދުގެ ބައްދަލުވުން ނިމުންއިރު ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ 2010 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓާއި، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދި މޯލްޑިވްސް (އެޗް.އާރް.ސީ.އެމް) ގެ 2010 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓު ބައްލަވާ، ދިރާސާ ކުރެއްވުމަށްފަހު އެ ރިޕޯޓްތަކުގެ މަސައްކަތް ނިންމަވާލައްފާވައިވެއެވެ.

މިބައްދަލުވުމަށް ހާޟިރުވެވަޑައިގަންނަވާފައިވަނީ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ އާއި އަލިފުށި ދާއިރާގެ މެންބަރު މުޙަންމަދު ނާޝިޒް އެވެ.