މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ހުށަހަޅުއްވާފައިވާ ޤަރާރުގެ އިބްތިދާއީ ބަޙުސް ކުރިއަށްގެންދަވައިފި

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ 7 ވަނަ ޖަލްސާގައި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ހުށަހެޅުއްވި ޤަރާރުގެ އިބްތިދާއީބަޙުސް ކުރިއަށްގެންދަވައިފިއެވެ. މިޤަރާރުގެ ފުރަތަމަ ކިޔުން އިއްވާފައިވަނީ 12 ޑިސެމްބަރ 2011 ގައި ބޭއްވުނު، 2011 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 22 ވަނަ ޖަލްސާގައެވެ.

މިޤަރާރަކީ ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މަސްއޫލިއްޔަތުތަކާއި ބާރުތައް އެކޮމިޝަނުން އަދާކުރުމަށް ވަކިފަރާތަކުން ހުރަސްއަޅަމުން ގެންދާކަމަށް ޤަބޫލުކުރެވޭތީ ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 142 ވަނަ މާއްދާގެ ދަށުން ހުށަހަޅުއްވާފައިވާ ޤަރާރެކެވެ.

މިއަދުގެ ޖަލްސާގައި މިޤަރާރަށް މަޖިލީހުގެ ގަވައިދުގައިވާ ގޮތުގެ މަތިން 1 ގަޑިއިރަށް ބަހުސް ކުރެއްވުމަށް ހުޅުވާލެއްވި ފުރުޞަތުގައި، 9 މެންބަރުން ވާހަކަދައްކަވާފައިވެއެވެ.

 

19 ޖުމާދަލްއޫލާ 1433

11 އޭޕްރިލް 2012