ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ 02 ވަނަ ބައްދަލުވުން މިއަދު ބާއްވައިފި

ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ 02  ވަނަ ބައްދަލުވުން ބާއްވާފައިވަނީ މިއަދު ހެނދުނު 14:30 ން 14:40 އަށެވެ. މިބައްދަލުވުމުގައި ކޮމިޓީގައި ހިމެނިވަޑައިގަންނަވާ 10 މެންބަރުން ބައިވެރިވެވަޑައިގަތެވެ.

މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި “ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 116 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން ސަރުކާރު އޮފީސްތަކުގެ އޮނިގަނޑު ހަމަޖައްސައިފައިވާ ގޮތަށް ބަދަލުގެންނެވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ” ދިރާސާ ކުރައްވައި ގޮތެއް ނިންމެވުމުގެ މަސައްކަތް ކުރައްވާފައިވެއެވެ. މި މައްސަލައާ ގުޅޭ ގޮތުން މެންބަރުންގެ މެދުގައި މަޝްވަރާ ކުރެއްވުމަށްފަހު، ވަކި ގޮތެއް ނިންމެވުމަށްޓަކައި ކޮމިޓީން ވޯޓަށް އައްސަވާފައިވެއެވެ.

މިއަދުގެ މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންނަކީ ހަނިމާދޫ ދާއިރާގެ މެންބަރު މުޙައްމަދު މުޖްތާޒް, ކުރެންދޫ ދާއިރާގެ މެންބަރު އަޙްމަދު މޫސާ، ވިލިފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު، ގެމަނަފުށި ދާއިރާގެ މެންބަރު އިލްޙާމް އަޙްމަދު، ފުނަދޫ ދާއިރާގެ މެންބަރު ޢަލީ ސަލީމް، އަދި މެދުހެންވޭރު ދާއިރާގެ މެންބަރު ޢަލީ އާޒިމް އެވެ.