މިނިވަން މުއައްސަސާތަކާ ބެހޭ މިއަހަރުގެ ދެވަނަ ބައްދަލުވުން މިއަދު ބާއްވައިފި

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީގެ 2012 ވަނަ އަހަރުގެ ދައުރުންބޭރުގެ 02 ވަނަ ބައްދަލުވުން ބާއްވާފައިވަނީ މިއަދު ހެނދުނު 11:15 ގައެވެ. މި ބައްދަލުވުމުގައި 7 މެންބަރުން ބައިވެރިވެވަޑައިގަތެވެ.

މި ބައްދަލުވުމުގައި ސިވިލް ސާރވިސް ކޮމިޝަންގެ މެންބަރު ކަމަށް ކުރިމަތިލައްވާފައިވާ ފަރާތްތަކުގެ ޝަރުތު ހަމަވޭތޯ ބެލުމާއި، ބިލެތްދޫ ދާއިރާގެ މެންބަރު އަޙްމަދު ޙަމްޒާގެ ހުށަހެޅުމެއް ކޮމިޓީއަށް ހުށަހަޅުއްވާ، އެކަމާއި ބެހޭ ގޮތުން މަޝްވަރާ ކުރެއްވުމުގެ މަސައްކަތް ކުރިއަށް ގެންދަވާފައިވެއެވެ.

މިއަދުގެ މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންފައިވާ މެންބަރުންނަކީ ދިއްދޫ ދާއިރާގެ މެންބަރު އަޙްމަދު ސަމީރު، ކަނޑިތީމު ދާއިރާގެ މެންބަރު މުޙަންމަދު ޙުސައިން، މަޑުއްވަރި ދާއިރާގެ މެންބަރު ވިސާމް އަލީ، ތޮއްޑޫ ދާއިރާގެ މެންބަރު ޢަލީ ވަޙީދު، ބިލެތްދޫ ދާއިރާގެ މެންބަރު އަޙްމަދު ޙަމްޒާ، އިހަވަންދޫ ދާއިރާގެ މެންބަރު އަޙްމަދު ޢަބްދުﷲ، އަދި ހަނިމާދޫ ދާއިރާގެ މެންބަރު މުޙަންމަދު މުޖުތާޒް އެވެ.