ޤައުމީ ޞިއްޙީ ފަރުވާގެ އިންޝުއަރެންސް ނިޒާމު ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްގެންދެވިދާނެ ގޮތްތަކާއިމެދު ދިރާސާކުރުމަށްފަހު މާލިއްޔަތު ކޮމިޓިއިން ރިޕޯޓް އެކުލަވާލައިފި

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ 09 ވަނަ ބައްދަލުވުން ބާއްވާފައިވަނީ 08 އެޕްރީލް 2012 ވީ އާދީއްތަ ދުވަހު 13:15 ން 14:05 އަށެވެ. މިބައްދަލުވުމުގައި ކޮމިޓީގެ 7 މެންބަރުން ބައިވެރިވެވަޑައިގަތެވެ.

މި ބައްދަލުވުމުގައި އާސަންދަ ޕްރައިވެޓް ލިމިޓެޑްގެ ދަށުން ހިންގާ ޤައުމީ ޞިއްޙީ ފަރުވާގެ އިންޝުއަރެންސް ނިޒާމު ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްގެންދެވިދާނެ ގޮތްތަކާއިމެދު މާލިއްޔަތު ކޮމިޓީއިން ދިރާސާކުރައްވައި ނިންމަވާފައިވާގޮތުގެ ޑްރާފްޓް ރިޕޯޓް ފައިނަލް ކުރެއްވުމުގެ މަސައްކަތް ކުރިއަށްގެންދަވާފައިވެއެވެ.

މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންފައިވަނީ ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް، އަލިފުށި ދާއިރާގެ މެންބަރު މުޙަންމަދު ނާޝިޒް، ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙަންމަދު ނަޝީދު، ބިލެތްދޫ ދާއިރާގެ މެންބަރު އަޙްމަދު ހަމްޒާ، އޭދަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމް، ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު, އަދި ހުޅުމީދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް އެވެ.