ދިވެހިރާއްޖޭގެ ޤާނޫނުލް އުޤޫބާތުގެ ބިލު ދިރާސާކުރެއްވުމަށް ހޮއްވެވި ކޮމިޓީގެ 02 ވަނަ ބައްދަލުވުން ބާއްވައިފި

ދިވެހިރާޖޭގެ ޤާނޫނުލް އުޤޫބާތުގެ ބިލު ދިރާސާކުރެއްވުމަށް ހޮއްވެވި ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީގެ މި އަހަރުގެ ފުރަތަމަ ދައުރުގެ ދެވަނަ ބައްދަލުވުން ބާއްވާފައިވަނީ މިއަދު 09:35 ން 10:30 ށެވެ. މި ބައްދަލުވުމުގައި ފަސް މެންބަރުން ބައިވެރިވެވަޑައިގަތެވެ.

މި ބައްދަލުވުމުގައި “ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތުގެ ބިލު” ގެ 533 ވަނަ މާއްދާއިން ފެށިގެން 542 ވަނަ މާއްދާގެ ނިޔަލަށް ބައްލަވައި، ކޮމިޓީގެ މެންބަރުންނަށް ފެނިވަޑައިގަންނަވާ ފަދައިން ބަދަލުތައް ގެންނަވާފައިވެއެވެ.

މިއަދުގެ މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންފައިވާ މެންބަރުންނަކީ ބިލެއްދޫ ދާއިރާގެ މެންބަރު އަޙްމަދު ޙަމްޒާ، ތުޅާދޫ ދާއިރާގެ މެންބަރު ނާޒިމް ރަޝާދު، ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު މުޙަންމަދު، އުނގޫފާރު ދާއިރާގެ މެންބަރު އަފްރަޝީމް ޢަލީ އަދި  ފޮނަދޫ ދާއިރާގެ މެމްބަރު  ޢަބްދުއްރަޙީމްޢަބްދުﷲ އެވެ.