ދިވެހިރާއްޖޭގެ ޤާނޫނުލް އުޤޫބާތުގެ ބިލު ދިރާސާކުރެއްވުމަށް ހޮއްވެވި ކޮމިޓީގެ މިއަހަރުގެ ފުރަތަމަ ބައްދަލުވުން މިއަދު ބާއްވައިފި

ދިވެހިރާއްޖޭގެ ޤާނޫނުލް އުޤޫބާތުގެ ބިލު ދިރާސާކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން ހޮއްވެވި ކޮމިޓީގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ބައްދަލުވުން ބާއްވާފައިވަނީ މިއަދު 11:35 ން 11:55 އަށެވެ. މި ބައްދަލުވުމުގައި އެ ކޮމިޓީގެ 4 މެންބަރުން ބައިވެރިވެވަޑައިގަތެވެ.

މި ބައްދަލުވުމުގައި “ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތުގެ ބިލު” ގެ 530 ވަނަ މާއްދާއިން ފެށިގެން 532 ވަނަ މާއްދާގެ ނިޔަލަށް ބައްލަވައި ނިންމަވާފައިވެއެވެ.

މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންފައިވަނީ ބިލެއްދޫ ދާއިރާގެ މެންބަރު އަޙްމަދު ޙަމްޒާ، ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު މުޙަންމަދު، އުނގޫފާރު ދާއިރާގެ މެންބަރު އަފްރަޝީމް ޢަލީ، އަދި  ފޮނަދޫ ދާއިރާގެ މެމްބަރު  ޢަބްދުއްރަޙީމްޢަބްދުﷲ އެވެ.