އިންޓަރ ޕާލަމެންޓްރީ ޔުނިއަންގެ 126 ވަނަ ކޮންފަރެންސް އިފްތިތާޙް ކޮށްފި

އިންޓަރ ޕާލަމެންޓްރީ ޔުނިއަންގެ 126 ވަނަ ކޮންފަރެންސް އިފްތިތާޙް ކޮށްފިއެވެ. ކޮންފަރެންސް އިފްތިތާޙް ކޮށްދެއްވީ ޔޫގެންޑާ ގެ ރައީސް ޔޫރީ މުސޮވީނީ އެވެ. މިކޮންފަރެންސް އިފްތިތާޙް ކޮށްދެއްވުމުގެ ގޮތުން އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައި ދުނިޔޭގެ ސިޔާސީ، އިޤްތިޞާދީ، އަދި އިޖްތިމާޢީ ސިޔާސަތު ތަކުގެ މައްޗަށް ބައްލަވާލެއްވިއެވެ. އައިޕީޔޫ ގެ މެންބަރު ޤައުމުތަކުގެ 2000 އަށްވުރެ ގިނަ މަންދޫބުން ބައިވެރިވި މިޖަލްސާގައި އައިޕީޔޫގެ ރައީސް އާއި ޔޫގެންޑާގެ ޤާނޫނުހަދާ މަޖިލީހުގެ ރައީސް ވާހަކަފުޅުދެއްކެވިއެވެ. މިރައްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސާއި މަޖިލީހުގެ ވަފްދު ބައިވެރިވެ ވަޑައިގެންނެވިއެވެ.

އައިޕީޔޫގެ 126 ވަނަ އެސެމްބްލީ އާއި އެސެމްބްލީ އާއި ގުޅޭ އެހެނިހެން ބައްދަލުވުންތައް މާރޗް 31 ން ފެށިގެން އޭޕްރިލް 6 އަށް ޔޫގެންޑާގެ ކެމްޕާލާ ގައި ކުރިއަށް ދާނެއެވެ.