މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ އައި.އެމް.އެފްގެ ވަފްދާއި މާލިއްޔަތު ކޮމިޓީ މެންބަރުން ބައްދަލުކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ފަސްވަނަ ބައްދަލުވުން ބާއްވާފައިވަނީ މިއަދު 14:50 ން 15:35 އަށެވެ.

މިބައްދަލުވުމުގައި ރާއްޖޭގެ އިޤްތިޞާދީ ކަންތައްތަކާއި ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށްޓަކައި، މިހާރު ރާއްޖެވަޑައިގެން އުޅުއްވާ އައި.އެމް.އެފް ގެ ވަފުދުގެ ބޭފުޅުންނާއި މާލިއްޔަތު ކޮމިޓީ މެންބަރުން ބައްދަލުކުރައްވާ މަޝްވަރާ ކުރައްވާފައިވެއެވެ. އެގޮތުން މިހާރު ރާއްޖޭގެ އިޤްތިޞާދީ ހާލަތު އޮތް ހާލަތާއި، ކައިރި މުސްތަޤްބަލެއްގައި ރާއްޖޭގެ އިޤްތިޞާދަށް ކުރިމަތި ވެދާނޭހެން ހިވާ ކަންތައްތަކާއި މެދު ހިޔާލު ފާޅުކޮށް މަޝްވަރާތައް ކުރިއަށް ގޮސްފައިވެއެވެ.

އައި.އެމް.އެފް މިޝަންގެ ފަރާތުން މިޝަން ޗީފް މިސްޓަރ. ޖޮނަތަން ޑަން ، ރެޒިޑެންޓް ރެޕްރެޒެންޓޭޓިވް މިސްޓަރ. ކޯޝީ މަތާއި، ސީނިއަރ އިކޮނޮމިސްޓް މިސް. އިޔާބޯ މާޝާ، އިކޮނޮމިސްޓް މިސްޓަރ. ރޮބަރޓް ގްރެގަރ، އިކޮނޮމިސްޓް މިސްޓަރ. ކެނިޗިރޯ ކަޝިވަސޭ، އަލްޓަނޭޓިވް އެގްޒެކްޓިވް ޑިރެކްޓަރ މިސްޓަރ. ސާމި ގިއޭޑާ އަދި އެމް.އެމް.އޭގެ ފަރާތުން މަނިޓަރީ ޕޮލިސީ ސެކްޝަން މެނޭޖަރ އަލްފާޟިލް އަޙްމަދު މުނައްވަރު މިބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

މާލިއްޔަތު ކޮމިޓީގެ މި ބައްދަލުވުމަށް ހާޒިރުވެފައިވާ މެންބަރުންނަކީ، ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް އާއި، ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު އާއި، ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ މަސީޙު މުޙަންމަދު އާއި، އަލިފުށި ދާއިރާގެ މެންބަރު މުޙަންމަދު ނާޝިޒް އާއި، ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙަންމަދު ނަޝީދު އާއި، މާފަންނު ހުޅަނގު ދާއިރާގެ މެންބަރު ޢަބްދުﷲ ޢަބްދުއްރަޙީމް އާއި، ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ އާއި، ބިލެތްދޫ ދާއިރާގެ މެންބަރު އަޙްމަދު ހަމްޒާ އަދި އޭދަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމް އެވެ.