މިއަދު ބޭއްވުނު 17 ވަނަ ރައްޔިތުންގެ މަޖިލީހުގެ 70 ވަނަ ޖަލްސާގައި، 2010 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެބަޙުސްގެމަރުޙަލާ ކުރިއަށް ގެންދަވައިފިއެވެ.
މިއަދުގެ ޖަލްސާގައި 18 މެންބަރުން ވާހަކަފުޅުދައްކަވާފައިވެއެވެ. އަދި މިއަދުގެ ބަޙުސްގައި އިތުރު މެންބަރުން ވާހަކަފުޅުދެއްކެވުމަށް އެދިވަޑައިގެންފައި ނެތުމުން ޖަލްސާ ނިންމަން ކަނޑައަޅާފައިވާ ވަގުތަށްވުރެ 13 މިނިޓްކުރިން މިއަދުގެ ޖަލްސާ ވަނީ ނިންމަވާލައްވާފައެވެ.
މިއަދުގެ ބަޙުސްގައި މެންބަރުން ތަމްސީލްކުރައްވާ ދާއިރަތަކަށް ކަނޑައެޅިފައިވާ ބަޖެޓާއިގުޅޭގޮތުން ވަރަށް ފުޅާދާއިރާއެއްގައި މެންބަރުން ބަހުސްކުރެއްވިއެވެ. މީގެއިތުރުން މުސްތަޤިއްލު ކޮމިޝަންތަކަށާއި ވުޒާރާތަކަށް ކަނޑައެޅިފައިވާ ބަޖެޓާގުޅޭގޮތުންވެސް މެންބަރުން ވާހަކަފުޅުދެއްކެވިއެވެ.
66 މެންބަރުން ހާޒިރުވެވަޑައިގެންނެވި މިއަދުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދާއި ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އަލްފާޟިލް އަޙްމަދު ނާޒިމްއެވެ.
މަޖިލީހުގެ ޖަލްސާއެއް ދެން އޮންނާނީ، 03 ޑިސެމްބަރ 2009 ވާ ބުރާސްފަތިދުވަހު ހެނދުނު 9 ޖަހާއިރުއެވެ.