މަޖިލީހުގެ ރައީސްގެ އަރިހަށް ލީބިޔާގެ ސަފީރު އިޙްތިރާމުގެ ޒިޔާރަތެއްކުރައްވައިފި

ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ލީބިޔާގެ ސަފީރު މިސްޓަރ އިބްރާހިމް އެލަބެޑް މުޚްތާރު ހެނިޓިޝް (Mr.Ibrahim Elabed Mukhthar Henitish) ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް މިއަދު ކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލިސްކުރާގޭގައި މިއަދު މެންދުރުފަހު ބޭއްވުނު މިޒިޔާރަތަކީ ދެޤައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރުމާއި ގުޅޭގޮތުން މަޝްވަރާކުރެއްވުމަށާއި ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ކުރިއަށްދާގޮތާއި ބެހޭގޮތުން ލީބިޔާގެ ސަފީރު މަޢުލޫމާތު ސާފުކުރެއްވުމުގެ ބޭނުމުގައި ބޭއްވުނު ޒިޔާރަތެކެވެ. އަދި މިޒިޔާރަތުގައި އިސްލާމީ ދުނިޔޭގެ މަޝްރަޙުގައި މިހާރު ދިމާވެފައިވާ ބައެއް މައްސަލަތަކާގުޅޭގޮތުންނާއި ފަލަސްތީނުގެ މައްސަލައާބެހޭގޮތުންވެސް ދެބޭފުޅުން ވަޝްވަރާކުރެއްވެވިއެވެ.

މިއަދު އޮތްބައްދަލުކުރެއްވުމުގައި ލީބިޔާއަށް ރަސްމީދަތުރުފުޅެއް ކުރެއްވުމަށް މަޖިލީހުގެ ރައީސަށް ސަފީރު ދަޢުވަތެއްދެއްވިއެވެ.