އިންޑިއާގެ ފޮރިން ސެކްރެޓަރީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އާ ބައްދަލުކުރައްވައިފި

އިންޑިއާގެ ފޮރިން ސެކްރެޓަރި މިސްޓަރ ރާންޖަން މަތާއީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދު އާ މިއަދު ބައްދަލުކުރައްވައިފިއެވެ.

އިންޑިއާގެ ފޮރިން ސެކްރެޓަރީގެ އިތުރުން، އިންޑިއާގެ ޖޮއިންޓް ސެކްރެޓަރީ (ބީ.އެސް.އެމް) މިސްޓަރ ހާޝް ވަރްދާން ޝްރިންގްލާއިއެކު ބޭއްވުނު މިބައްދަލުކުރެއްވުމުގައި، މަޖިލީހުގައި ކުރެވެމުންދާ މަސައްކަތްތަކާއި އަދި ރާއްޖޭގެ ސިޔާސީ މަޝްރަހާއި ގުޅޭގޮތުން މަޝްވަރާކުރެވުނެވެ.

 

24 ރަބީޢުލްއައްވަލް 1433

16 ފެބްރުއަރީ 2012