އިމްތިޔާޒް ކޮމިޓީގެ ބައްދަލުވުމެއް މިއަދު ބާއްވައިފި

އިމްތިޔާޒް ކޮމިޓީގެ ބައްދަލުވުމެއް މިއަދު 13:05 އިން 14:30 އަށް މިއަދު ބާއްވައިފިއެވެ. މި ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު މޯލްޑިވްސް ޕޮލިސް ސަރވިސް އިންް 11 ފެބްރުއަރީ 2012 ވަނަ ދުވަހު ހައްޔަރުކުރައްވާފައިވާތީ ކޮމިޓީއަށް ހުށަހެޅިފައިވާ މައްސަލައާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.

މިބައްދަލުވުމަށް ވަޑައިގެންނެވި މެންބަރުންނަކީ މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު މުޙަންމަދު ރަޝީދު، މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަޙުމީ، މަތިވެރި ދާއިރާގެ މެންބަރު ޙުސައިން މުޙަންމަދު، ފެލިދޫ ދާއިރާގެ މެންބަރު ޔުސުފް ނަޢީމް، ނިލަންދޫ ދާއިރާގެ މެންބަރު ޢަބްދުލްމުޙުސިން ޙަމީދުު، އުނގޫފާރު ދާއިރާގެ މެންބަރު އަފްރާޝީމް ޢަލީ، ބާރަށު ދާއިރާގެ މެންބަރު މުޙަންމަދު ޝިފާޒް އަދި ކިނބިދޫ ދާއިރާގެ މެންބަރު މޫސާ ޒަމީރު އެވެ. މި ބައްދަލުވުމަށް ވަޑައިނުގަންނަވަނީ މިލަންދޫ ދާއިރާގެ މެންބަރު ޢަލީ ރިޒާ އެވެ. ގައްދޫ ދާއިރާގެ މެންބަރު ޒާހިރު އާދަމް އަށް ވަޑައިނުގެންނެވުނީ ސަލާމުގަ ހުންނެވުމުންނެވެ.

21 ރަބީޢުލްއައްވަލް 1433

13 ފެބްރުއަރީ 2012